ޓެރަރިޒަމާ ދެކޮޅު ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހުންގެ އޮފިސަރަކު ޖަޕާނަށް

ޖައިކާއިން ޖަޕާނުގައި ހިންގި ޓެރަރިޒަމާ ދެކޮޅު ތަމްރީނު ޕްރޮގްރާމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންފިއެވެ.

23 Nov 2026 | 12:01
ޓެރަރިޒަމާ ދެކޮޅު ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ފުލުހުންގެ އޮފިސަރަކު ޖަޕާނަށް

ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށް ގެންދިޔަ ބައިނަލްއަގުވާމީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.

މި ޕްރޮގްރާމުގައި ފުލުހުންގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދެވެ. ނޮވެމްބަރު 4 އިން 20 އަށް ކުރިއަށް ދިޔަ މި ތަމްރީނުތަކަކީ ޖައިކާގެ 2026 ވަނަ އަހަރުގެ ނޮލެޖް ކޯ-ކްރިއޭޝަން ޕްރޮގްރާމުގެ ތެރެއިން ހިންގި ޕްރޮގްރާމެކެވެ.

Advertisement

ޓެރަރިޒަމް ހުއްޓުވުމުގެ ގޮތުން ޖަޕާނު ފުލުހުން ގެންގުޅޭ އުސޫލުތަކާއި އަޅަމުން ގެންދާ ފިޔަވަޅުތައް ބައިވެރިންނާ ހިއްސާކުރުމަކީ މި ޕްރޮގްރާމުގެ މައިގަނޑު އެއް އަމާޒެވެ. އޭގެ އިތުރުން، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މެދުގައި އިލްމާއި ތަޖުރިބާ ބަދަލުކޮށް، ގުޅުން ވަރުގަދަކުރުމަށް ވެސް މި ޕްރޮގްރާމުގައި ހާއްސަ އިސްކަމެއް ދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް