ހަޤީޤީ ރަޙުމަތްތެރިއެއް ނޫންކަން ދެނެގަނެވޭނެ ފަސް ސިފައެއް!

23 Nov 2026 | 09:32
ހަޤީޤީ ރަޙުމަތްތެރިއެއް ނޫންކަން ދެނެގަނެވޭނެ ގޮތްތަކެއް ހުރޭ --

ހަޤީޤީ ރަޙުމަތްތެރިއެއް ނޫންކަން ދެނެގަނެވޭނެ ގޮތްތަކެއް ހުރޭ --

ބައެއް ރަޙުމަތްތެރިކަމުގެ ގުޅުންތަކަކީ ބޭރުފުށުން ގާތްކަމަށް ފެނުނު ނަމަވެސް، ކުދިކުދި ޢަމަލުތަކުން އެ ގުޅުމުގެ ޙަޤީޤީ ސޫރަ ހާމަވާ ގުޅުންތަކެކެވެ.

ކޮންމެ މީހަކުވެސް އެންމެ ގާތް މީހުންގެ ކިބައިން ތެދުވެރިކަމާއި އޯގާތެރިކަން އުންމީދުކުރެއެވެ. ނަމަވެސް ބައެއް ފަހަރު، ހަގީގީ ސިފަ ފެންނާނީ ބޮޑު ހާދިސާއެއްގެ ބަދަލު އާދައިގެ ކުދިކުދި ކަންކަމުންނެވެ.

Advertisement

އެއް ފަހަރު ކަމެއް ގޯސްކޮށް ކުރުމަކުން މީހެއްގެ ރަޙުމަތްތެރިކަން ސުވާލު އުފެދޭކަށް ނުޖެހެއެވެ. އެހެންނަމަވެސް ތަކުރާރުވާ ވައްޓަފާޅިތައް ފެންނަ ނަމަ، އެއީ ވިސްނައިލަން ޖެހޭ ކަމެކެވެ. މިއީ ސަމާލުވާން ރަނގަޅު ފަސް ސިފައެކެވެ.

ފުރަތަމަ ކަމަކީ ގުޅާލާ ކޮންމެ ފަހަރަކު ކޮންމެވެސް ކަމެއް ބޭނުންވެގެން ގުޅުމެވެ. އެހީއެއް ހޯދަން، ނުވަތަ މައްސަލައެއް ޙައްލުކުރަން ބޭނުން ނުވާ ވަގުތެއްގައި ގުޅައިލާ ހެން ހީނުވެއެވެ. އެކަމަކު އެ ރަހުމަތްތެރިޔާ އާއި ވާހަކައެއް ދައްކައިލަން ނުވަތަ ކަމެއް ބޭނުންވެއްޖެ ހިނދު، ކުއްލިއަކަށް ވަގުތެއް ނޯވެއެވެ. ރަޙުމަތްތެރިކަމަކީ ހަމައެކަނި އެއް ކޮޅަކުން ހިފަހައްޓާ ގުޅުމަކަށް ވެގެން ނުވާނެއެވެ.

ދެވަނަ ކަމަކީ ތިބާއަށް ކާމިޔާބީއެއް ލިބުމުން ތަހުނިޔާ ކިޔުމުގެ ބަދަލުގައި އެހެން މީހެއްގެ ކާމިޔާބީއާ އަޅައިކިޔުން ނުވަތަ ތިބާގެ ކާމިޔާބީ ކުޑައިމީސްކުރުމެވެ. މޮޅު ޚަބަރެއް ޙިއްޞާކުރާ ކޮންމެ ފަހަރަކު މި ގޮތް ތަކުރާރުވާ ނަމަ، އެ ގުޅުން ދެނެގަންނަންވީއެވެ.

ތިންވަނަ ކަމަކީ ސިއްރެއްގެ ގޮތުގައި ކިޔައިދޭ ވާހަކަ އެހެން މީހުންނާ ޙިއްޞާކުރުމެވެ. އިތުބާރުކޮށް ބުނާ ވާހަކައެއް އެހެން ބައެއް ދަންނަކަން އެނގިއްޖެ ނަމަ، އެ ރަޙުމަތްތެރިޔާ ޒާތީ ވާހަކަތަކުގެ ސިއްރު ކަމަށް އިޙްތިރާމް ނުކުރާ ކަން ސާފުވެއެވެ. ހަތަރުވަނަ ކަމަކީ ސަމާސާކުރާ ގޮތުގައި ތިބާގެ ބަލިކަށި ކަންކަން ފާހަގަކޮށް ނުދީދާކޮށް އެއްޗެހި ބުނުމެވެ. ވަކި ކަމަކާއި ހިތްހަމަނުޖެހޭ ވާހަކަ ބުނުމުންވެސް ހުއްޓައިނުލާ ނަމަ، އެ މީހަކު އިޙްސާސްތަކަށް އިޙްތިރާމް ނުކުރަނީއެވެ.

ފަސްވަނަ ކަމަކީ މަޖާ ކަންކަމާއި އުފާވެރި ވަގުތުތަކުގައި ކައިރީގައި ހުރެމެ، ދިރިއުޅުމުގައި ދަތި ވަގުތެއް އައުމުން ގެއްލުމެވެ. ކޮންމެ ރަޙުމަތްތެރިއަކު ތިބާގެ ކޮންމެ މައްސަލައެއް ޙައްލުކޮށްދޭކަށް ނުޖެހެއެވެ. އެހެންނަމަވެސް އުނދަގޫ ދަނޑިވަޅެއްގައި ހެޔޮ ހިތަކައިގެން ޙާލު ބެލުމަކީ ހަޤީޤީ ގުޅުމެއް ދެމެހެއްޓުމުގައި މުހިންމު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް