ކޮވިޑަށް މިއަދު 123 މީހަކު ޕޮޒިޓިވް

ކޮވިޑަށް މިއަދު ރާއްޖެއިން 123 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 123 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 19...

23 Nov 2021 | 17:36

ކޮވިޑަށް މިއަދު ރާއްޖެއިން 123 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 123 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެއީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 19 މީހަކާއި ރަށްރަށުން ޕޮޒިޓިވް ވި 87 މީހެއްގެ އިތުރުން ހިންގަމުން އަންނަ ރިސޯޓްތަކުން ޕޮޒިޓިވް ވި 17 މީހެކެވެ.

މި އަދަދުތަކާއެކު މިވަގުތު ކޮވިޑުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1968 އެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3516 ސާމްޕަލެއް ޓެސްޓް ކޮށްފައިވެއެވެ.

އެޑްމިޓްކޮށްގެން 19 މީހަކަށް ފަރުވާދެމުން އަންނައިރު، ކޮވިޑުގައި ރާއްޖެއިން މިހާތަނަށް 248 މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް