11 މެމްބަރުންގެ ވޯޓުން ޓްރާންސްޕޯޓު އޮތޯރިޓީ އުވާލަން ފާސްކޮށްފި

11 މެމްބަރުންގެ ވޯޓުން މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ އުވާލަން ފާސްކޮށްފި އެވެ. ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިނ...

23 Nov 2021 | 13:45

11 މެމްބަރުންގެ ވޯޓުން މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ އުވާލަން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު އެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަދި ލާމަރުކަޒީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީ އިން ފާސްކޮށްފައިވަނީ ކޮމިޓީއަށް ހާޒިރުވެ ތިއްބެވި 13 މެބްބަރުންގެ ތެރެއިން 11 މެންބަރަކު ވޯޓުން ނެވެ.

އެ އޮތޯރިޓީ އުވާލުމާއިދެކޮޅަށް 2 މެމްބަރަކު ވޯޓު ދެއްވި އިރު، ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން މެޖޯރިޓީ ލިބުމުން ކޮމިޓީން ވަނީ އެކަން ފާސްކޮށް ރިޕޯޓް އެކުލަވާފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އާއި ޓްރާންސްޕޯޓް އޮތޯރިޓީގައި ފުށުއެރުންތަކެއް ހުރުމުން، އެ އޮތޯރިޓީގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ މާރޗް މަހުގެ 8 ވަނަ ދުވަހު އެވެ.

އެ ގާނޫނު އުވާލައި ޓްރާންސްޕޯޓު މިނިސްޓްރީގެ އޮނިގަނޑަށް ބަދަލުތަކެއް ގެނައުމާއެކު، މިނިސްޓްރީގެ ހިނގުން އަވަސް ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ސޯލިހް އރު ވަނީ ވިދާޅުވެފަ އެެވެ.

މީގެ އިތުރުން ވެހިކަލް ރަޖިސްޓަރ ކުރުމުގެ ކަންކަން ލާމަރުކަޒުކޮށް ކައުންސިލްތަކަށް ދޫކޮށްލައިފި ނަމަ، މައި ސަރުކާރަށް ލުއިވާނެ ކަމަށާއި ސަރުކާރުން އެ ދިމާލަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ޓްރާންސްޕޯޓު އޮތޯރިޓީ އުވާލާއިރު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދެރައެއް ނުލިބޭނެ ގޮތަށް ހުރިހާ ކަމެއް ވެސް ހަމަޖައްސަވާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް