ޕާސްޕޯޓުގެ ޚިދުމަތް 24 ގަޑި އިރު ދޭން ނިންމައިފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ކުރިއެކޭ އެއްގޮތަށް، މިއަދުން ފެށިގެން 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.
'ކުރިއެކޭ އެއްގޮތަށް، މިއަދުން ފެށިގެން 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ. އަޅުގަނޑުމެން މިތިބީ ރައްޔިތުންގެ ޚިދުމަތުގައި." އެ އިދާރާއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ އޮންލައިން ޕޯޓަލް "އިމުގަ" މެދުވެރިކޮށް ޕާސްޕޯޓަށް ހެދުމުގެ ޚިދުމަތް 24 ގަޑިއިރު ލިބޭ އިރު، އެ ޕޯޓަލްގެ ފެންވަރު ރަނގަޅު ކުރުމަށް ފެށި މަސައްކަތް ނިންމާލާފައިވާ ކަމަށެވެ.
ޕާސްޕޯޓަށް ހެއްދުމަށް ހުށަހަޅާ އެޕްލިކޭޝަންތައް ކުރިއަށްގެންދާނީ ފޯމުތައް ލިބޭ ތަރުތީބުން ކަމަށާއި ޕާސްޕޯޓަށް ފައިސާ ދެއްކުން ވެސް އޮންލައިންކޮށް ކުރިއަށްގެންދެވޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
https://twitter.com/ImmigrationMV/status/1462998087077548035?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1462998087077548035%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F95074
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް