ވޯކްޝޮޕެއްގެ ޖަންކްޝަންގައި ގޭސް އުފެދިގެން ހާދިސާއެއް ހިނގައިފި

މާލޭގައި ވޯކްޝޮޕެއްގެ ޖަންކްޝަންގައި ގޭސް އުފެދިގެން މިއަދު ހާދިސާއެއް ހިނގައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ހެންވޭރުގެ ގެއެއްގައި ހުރި ވޯކްޝޮޕެއްގައި ހުރި ޖަންކްޝަނ...

23 Nov 2019 | 06:11

މާލޭގައި ވޯކްޝޮޕެއްގެ ޖަންކްޝަންގައި ގޭސް އުފެދިގެން މިއަދު ހާދިސާއެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ހެންވޭރުގެ ގެއެއްގައި ހުރި ވޯކްޝޮޕެއްގައި ހުރި ޖަންކްޝަނެއްގައި ގޭސް އުފެދިގެން، އޭގެ މަތިގަނޑު ކުއްލިއަކަށް އެރުމާގުޅިގެން އެ ވޯކްޝޮޕްގެ ބިއްލޫރިގަނޑު އެއްކޮށް ތަޅައިގެންގޮސްފައިވެއެވެ.

އެކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 10:20 ހާއިރުކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް