ނަޝީދަށް ޕާޓީގެ ރައީސްކަން ލިބުނީ 23 ހާސް ވޯޓުން

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބު އިއްޔެ ބާއްވާފައިވާއިރު އެ އިންތިހާބުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް މަގާމު ދިފާއު ކުރެވުނީ 23،369 ވޯޓުންކަން މިހާތަނަށް ހާމަކޮށްފައިވާ ނ...

23 Nov 2019 | 05:36

ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބު އިއްޔެ ބާއްވާފައިވާއިރު އެ އިންތިހާބުން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް މަގާމު ދިފާއު ކުރެވުނީ 23،369 ވޯޓުންކަން މިހާތަނަށް ހާމަކޮށްފައިވާ ނަތީޖާތަކުން ދައްކައިފިއެވެ. މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 87،473 މީހުންނެވެ.

އިއްޔެ ބޭއްވި އެ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރެއްވީ ރައީސް ނަޝީދު އެކަންޏެވެ. އެހެންކަމުން ރައީސް ކަމުގެ މަގާމު ހޮވުމަށް ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ.

ނައިބު ރައީސްގެ މަގާމަށް ދެ ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ޕާޓީގެ ކުރީގެވެސް ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒާއި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

ނައިބުރައީސްގެ ވޯޓު ވާދަވެރިކޮށް ގޮސްފައިވާއިރު މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޝިފާޒަށް ލިބިލެއްވީ 13،233 ވޯޓެވެ. ޝިފާޒާ ވާދަކުރެއްވި އަސްލަމަށް ލިބިލެއްވީ 9،957 ވޯޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް