ޚިޔާނާތުގެ މައްސަލަތައް ބަލާ ކޮމިޝަނުން ހަނާ އިސްތިއުފާ ދެއްވައިފި

ޚިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް ޝާލިޙް އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަންގެ މެމްބަރުކަމުން އާއިޝަތު ހަނާ ވަހީދު އިސްތިއުފާ ދެއްވައިފި އެވެ. ހަ...

23 Nov 2018 | 15:16

ޚިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް ޝާލިޙް އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަންގެ މެމްބަރުކަމުން އާއިޝަތު ހަނާ ވަހީދު އިސްތިއުފާ ދެއްވައިފި އެވެ.

ހަނާގެ އިތުރުން ހަތަރު މެމްބަރަކު ތިއްބަވާ މި ކޮމިޝަނުން އިސްތިއުފާ ދެއްވި ސަބަބު ހާމަކޮށް މިހާރު ނޫހަށް މައުލޫމާތުދެއްވަމުން ހަނާ ވިދާޅުވެފައިވަނީ އިސްތިއުފާ ދެއްވީ އޭނާގެ މަސްލަހަތު ފުށުއަރާކަމަށް ބެލުމުގެ ފުރުސަތު ފަހަރެއްގައި އޮވެދާނެތީ ކަމަށެވެ.

ހަނާ އިސްތިއުފާ ދެއްވާފައިވާއިރު އެ ކޮމިޝަނުގައި ހަނާ ހިމެނުމުން އެކަމާ ފާޑުކިޔުންތައް އަމާޒުވެގެންގޮސްފައިވެއެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައެއް މީގެ ކުރިން ހަނާ ހައްޔަރުކޮށްފައިވާތީއެވެ.

ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި ރައީސް ޞާލިޙް އުފެއްދެވި "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ކޮމިޝަން އުފެއްދުވުމުގެ މަޤުޞަދަކީ، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް ތަހުޤީޤްކުރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް