ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް މަގާމް ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްފަހު އެ މައްސަލަ އަނބުރާ ނެގީ އިސްލާހުތަކެއް ގެނައުމަށްފަހު އަލުން ހުށަހެޅުމަށްކަމުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އެމްޕީ އަބުޅޯ) ވިދާޅުވެއްޖެއެވެ.
އަބުޅޯ މިހެން ވިދާޅުވެފައިވަނީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި އަބުޅޯ ވިދާޅުވެފައިވަނީ ޕީޖީ ބިޝާމްގެ އިތުބާރުނެތްކަމުގެ މައސަލައިގާ، ހުށަހެޅި ކަންކަމުގައި ހިމެނިފައިވަނީ ފަސް ކަމެއް ކަމަށެވެ. ނަމަވެސް އިތުރަށް ފާހަގަކުރަންޖެހޭ ބައެއް ކަންތައްތަކެއް ހުރުމާއެކު އެކަން އިސްލާހުކޮށް މައްސަލަ މަޖިލީހަށް ވައްދާނެކަމުގައި އަބުޅޯ ވިދާޅުވެފައިވެއެވެ.
https://twitter.com/AblhoMP/status/1065951604732379137
"އަދި ނުނިމޭ، ޕީޖީ ބިޝާމް ބޭރުކުރެވޭނެ" އަބުޅޯގެ ޓްވީޓްގައި އިތުރަށް ބުނެފައިވެއެވެ.
މީގެ އިތުރުން އަބުޅޯ ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި މި މައްލަ އަލުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް