ރަސްމީ ދަތުރުފުޅެއްގައި ރައީސް ޞާލިޚް ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
މިއީ ޝާހިދު ބޭރު ޤައުމަކަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ޚާރިޖީ ވުޒާރާއިން ހާމަކުރައްވާފައިވާގޮތުގައި ވަޒީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖްގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވާނެއެވެ. އަދި ދެ ގައުމުގެ ޒަމާންވީ ގުޅުން އިތުރަސް ބަދަހި ކުރުމާއިމެދު މަޝްވަރާ ކުރާނެއެވެ.
ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި ރައީސް ޞާލިޙް ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަހްމަދު އަމީރާއި އިކޮނޮމިކް މިނިސްޓަރު އުޒްތާޒް ފައްޔާޒް އިސްމާއީލްގެ އިތުރުން ފޮރިން މިނިސްޓްރީގެ ސްޓޭތް މިނިސްޓަރު އަހްމަދު ޚަލީލް އާއި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އަދި ފޮރިން މިނިސްޓްރީ އާއި ފިނޭންސް މިނިސްޓަރީގް އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް