ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް ސިޔާސީ ދާއިރާއާއި ދުރުގައި ހުންނެވި، މޯލްޑިވްސް ޑެވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަހްމަދު ޝިޔާމް މުހައްމަދު (ސަން ޝިޔާމް) އެނބުރި ސިޔާސީ ދާއިރާއަށް ވަޑައިގެންފިއެވެ.
އޭރު އެމަނިކުފާނު ސިޔާސީ ދާއިރާއާއި ދުރަށް ވަޑައިގެންނެވީ އެ ޕާޓީ ހިންގުން ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މަޢްރޫފާއި ހަވާލުކުރުމަށްފަހުގައެވެ.
އިއްޔެ ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއްގައި ޝިޔާމް ވަނީ އަލުން ޕާޓީ ހިންގުމާއި ހަވާލުވެވަޑައިގެންފައެވެ. މަޢްރޫފާއި ހަވާލުކުރި އެންމެހާ ޒިންމާތަކާއި ޒިންމާތަކާއި ޝިޔާމް އިއްޔެ ހަވީރުން ފެށިގެން ވަނީ ހަވާލުވެފައެވެ.
ސަން ޝިޔާމް އެނބުރި ސިޔާސީ ދާއިރާއަށް ވަޑައިގެންފައިވާއިރު ރައީސް ޔާމީންގެ ވެރިކަމުގައި ޝިޔާމް ފެނިގެން ގޮސްފައިވަނީ ރައީސް ޔާމީން އާއި ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ. ނަމަވެސް ރިޔާސީ އިންތިހާބު ގާތްވަމުން ދިޔަ ވަރަކަށް ޝިޔާމް ދިޔައީ ރައީސް ޔާމީން އާއި ދުރުވަމުންނެވެ. އެގޮތުން ރިޔާސީ އިންތިހާބަށް މަހަކަށް ވި ފަހުން ސިޔާސީ މައިދާނުން ޝިޔާމް ފެނިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް