ނައިބު ރައީސް ފައިސަލް، މަންތާ އެއަރގެ ބްރޭންޑް ލޯންޗު ކޮށްދެއްވައިފި

ރާއްޖޭގެ އެތެރޭގެ ވައިގެ އުދުހުންތަކަށް ޚާއްޞަކޮށްގެން އަލަށް ވައިގެ ޚިދުމަތް ދޭންފަށާ މަންތާ އެއަރގެ ބްރޭންޑް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިފްތިތާޙްކޮށްދެއްވައިފިއެވެ. އެމަނިކުފާނ...

22 Nov 2018 | 20:09

ރާއްޖޭގެ އެތެރޭގެ ވައިގެ އުދުހުންތަކަށް ޚާއްޞަކޮށްގެން އަލަށް ވައިގެ ޚިދުމަތް ދޭންފަށާ މަންތާ އެއަރގެ ބްރޭންޑް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އިފްތިތާޙްކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މަންތާ އެއަރގެ ބްރޭންޑް އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މަންތާ އެއަރ އަކީ ރާއްޖޭގެ އެތެރޭގެ ވައިގެ އުދުހުންތަކުގެ ޚިދުމަތް ދޭންފަށާ ތިންވަނަ އެއަރލައިނެވެ.

މި އެއަރލައިންގެ ހިދުމަތް ދޭން ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެ ކުންފުނިން މިހާރު އަންނަނީ ވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް