ހދ ހަނިމާދޫ ނެރު ކައިރިން އިއްޔެ އިރު އޮއްސުނު ވަގުތު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަޑިއަށް ދިޔަ ދެ ލޯންޗު ނަގައިފި އެވެ.
މި ދެ ލޯންޗު މިއަދު ނަގާފައިވަނީ ފުލުހުންނާއި އެމްއެންޑީއެފާއި ރައްޔިތުން ގުޅިގެން ކުރި މަސައްކަތުންނެވެ.
މި ދެ ލޯންޗު ނަގާފައިވާއިރު މި އެކްސިޑެންޓްގައި ޒަހަމްވި މީހުންގެ ތެރެއިން ސީރިއަސް އަނިޔާތަކެއް ލިބުނު އެކަކު ވަނީ އިތުރު ފަރުވާއަށް މާލެ ފޮނުވާލާފަ އެވެ. ހަތަރު މީހަކަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް