ރައީސުލްޖުމްހޫރިއްޔާ، ކޮރެޔާގެ ރައީސާއަށް ތައުޒިޔާ ވިދާޅުވެއްޖެ

ކޮރެޔާގެ ކުރީގެ ރައީސް ކިމް ޔަންގް-ސެމް އަވަހާރަވުމާ ގުޅިގެން، ކޮރެޔާގެ ރައީސާ ޕަކް ގުން ހޭއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ. ދެކުނު...

23 Nov 2015 | 15:32

ކޮރެޔާގެ ކުރީގެ ރައީސް ކިމް ޔަންގް-ސެމް އަވަހާރަވުމާ ގުޅިގެން، ކޮރެޔާގެ ރައީސާ ޕަކް ގުން ހޭއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތައުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ދެކުނު ކޮރެޔާގައި ޑިމޮކްރެސީ ޤާއިމް ކުރުމަށް ކޮރެޔާގެ ކުރީގެ ރައީސް ކިމް ޔަންގް-ސެމްގެ ޒަޢާމަތުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތައް ފާހަގަ ކުރައްވައި، އެ މަސައްކަތްޕުޅުތަކުން ކުރިއަށް އޮތްތާނގައިވެސް ކޮރެޔާއަށް އިތުރު ފާގަތިކަމާއި ތަރައްޤީ ގެނެސްދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައި ވާކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.

ރައީސް އޮފީހުން ހާމަކުރާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ކޮރެޔާގެ ރައީސާއަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އިޚްލާޞްތެރި ތައުޒިޔާ ފޮނުއްވާފައިވެއެވެ. އަދި ކޮރެޔާގެ ކުރީގެ ރައީސް ކިމް ޔަންގް-ސެމްގެ ޢާއިލާއަށް ތައުޒިޔާ ރައްދު ކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް