ސާފް ސުޒުކީ ކަޕުން ޕާކިސްތާނު ވަކިވާން ނިންމީ ސިޔާސީ ސަބަބަކާހުރެ!

ސާފް ސުޒުކީ ކަޕުން ޕާކިސްތާނު ވަކިވާން ނިންމީ ސިޔާސީ ސަބަބަކާހުރެ ކަމަށް އެގައުމުގެ ކުޅިވަރު އެނަލިސްޓުން ބުނަން ފަށައިފި އެވެ. އަންނަ މަހު އިންޑިއާގެ ޓްރިވެންޑްރަމްގައި ބާއްވާ ސާފް ސުޒުކީ ކަޕުން ޕާކި...

23 Nov 2015 | 14:25

ސާފް ސުޒުކީ ކަޕުން ޕާކިސްތާނު ވަކިވާން ނިންމީ ސިޔާސީ ސަބަބަކާހުރެ ކަމަށް އެގައުމުގެ ކުޅިވަރު އެނަލިސްޓުން ބުނަން ފަށައިފި އެވެ.

އަންނަ މަހު އިންޑިއާގެ ޓްރިވެންޑްރަމްގައި ބާއްވާ ސާފް ސުޒުކީ ކަޕުން ޕާކިސްތާނު ވަކިވާން ނިންމާފައިވާކަން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޕާކިސްތާނުގެ ގިނަ ކުޅިވަރު އެނަލިސްޓުން ބުނާގޮތުގައި، އެގަމުން މުބާރާތުން ވަކިވާން ނިންމީ ސިޔާސީ ސަބަބުތަކާ ހުރެ ކަމަށެވެ. ނަމަވެސް އެ ސަބަބާހުރެ ކަމަށް ޕާކިސްތާނު ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަނުކުރާނެ ކަމަށް ވެސް އެނަލިސްޓުން ބުނެއެވެ.

މި އަހަރުގެ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް އަދި އޭއެފްސީ 21 އަހަރުން ދަށުގެ މުބާރާތުގައި ވެސް ޕާކިސްތާނު ބައިވެރިއެއްނުވެ އެވެ.

އަންނަ މަހުގެ 23 ޖެނުއަރީ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ސާފް ސުޒުކީ ކަޕުން ވަކިވެއްޖެނަމަ، ގްރޫޕް އޭގައި ހިމެނެނީ 3 ޓީމެވެ. އެއީ އިންޑިއާ، ނޭޕާލް އަދި ސްރީ ލަންކާ އެވެ. ރާއްޖެ އޮތީ އަފްޣާނިސްތާނު، ބަންގްލަދޭޝް އަދި ބޫޓާންއާއެކު ގްރޫޕް ބީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް