އިސްލާހަކާ ނުލައި، ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.457 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް އިސްލާހެއް ނުގެނެސް ބަޖެޓް ފާސްކޮށްފި އެވެ. މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައިވާއިރ...

23 Nov 2015 | 13:48

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.457 ބިލިއަން ރުފިޔާގެ ބަޖެޓަށް އެއްވެސް އިސްލާހެއް ނުގެނެސް ބަޖެޓް ފާސްކޮށްފި އެވެ.

މިއަދުގެ ޖަލްސާގައި ބަޖެޓް ފާސްކޮށްފައިވާއިރު ބަޖެޓު ފާސްކުރަން ވޯޓު ދެއްވީ 59 މެމްބަރުން ނެވެ. ބަޖެޓް ފާސްކުރުމާ ދެކޮޅަށް ވޯޓު ދިނީ 19 މެމްބަރުންނެވެ. އަންނަ އަހަރުގެ ބަޖެޓަށް ވޯޓު ނުދޭނެ ކަމަށް އެމްޑީޕީން ވަނީ މިއަދު ބުނެފަ އެވެ.

އަންނަ އަހަރުގެ ބަޖެޓަށް އިދިކޮޅު އެމްޑީޕީން ވަނީ ޖުމުލަ 11 އިސްލާހެއް ހުށަހެޅި ނަމަވެސް އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހުށަހެޅުއްވީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި ބަޖެޓު ކޮމެޓީން ބަޖެޓުގެ މަސައްކަތް ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް