އޭސީސީގެ އޮފީހެއް އައްޑޫ ސިޓީގައި ޑިސެމްބަރުމަހު ހުޅުވަނީ

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮފީހެއް އައްޑޫ ސިޓީގެ ހިތަދޫގައި މިއަހަރުގެ ޑިސެމްބަރުމަހު ޤާއިމްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމައިފިއެވެ. މިއީ އައްޑޫ ސިޓީ އާއި ގއ ،ގދ. އަދި ޏ އަތޮޅުގައި ޤާއ...

23 Nov 2015 | 13:08

އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮފީހެއް އައްޑޫ ސިޓީގެ ހިތަދޫގައި މިއަހަރުގެ ޑިސެމްބަރުމަހު ޤާއިމްކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ނިންމައިފިއެވެ.

މިއީ އައްޑޫ ސިޓީ އާއި ގއ ،ގދ. އަދި ޏ އަތޮޅުގައި ޤާއިމްކުރެވިފައިވާ ދައުލަތުގެ އިދާރާތަކާގުޅޭގޮތުން ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތައް ބެލުމާއި ކޮރަޕްޝަންގެ ޢަމަލުތަކާމެދު އެ އަތޮޅުތަކުގެ އިދާރާތަކުގެ މުވައްޒަފުންނާއި ޢާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ޙަރަކާތްތައް އިންތިޒާމު ކުރުމުގެ މަސައްކަތްތައް ކުރުމަށް ޤާއިމްކުރެވޭ އޮފީހެކެވެ.

އައްޑޫ ސިޓީގައި ޤާއިމްކުރެވޭ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ އޮފީހަކީ ކޮމިޝަންގެ މަސައްކަތްތައް ހަލުވިކުރުމަށް ކޮމިޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ އެއް ޙަރަކާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް