ގައުމީ ވޮލީބޯޅަ ލީގުގައި ދިވެހި ސިފައިންގެ ކްލަބުގެ މައްޗަށް ޕޮލިސް ކްލަބް ކުރި ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗު ޕޮޮލިސް ކްލަބުން ކާމިޔާބުކުރީ ސިފައިން ދެ ސެޓު ހޯދާފައިވަނިކޮށް ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ދެ ސެޓު ސިފައިން ކާމިޔާބުކުރީ 25-20 އަދި 25-17 އިންނެވެ. އަދި ޕޮލިސް ފަހު ތިން ސެޓުން މޮޅުވީ 19-25، 22-25 އަދި 08-15 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކްލަބުގެ މުހައްމަދު ޝާއިން އެވެ.
މުބާރާތުގައި ރޭ ސްޕޯޓްސް ކްލަބް ސިޓީ ވަނީ ގުޑީސް ސްޕޯޓްސް ކްލަބް އަތުން 3-1 ސެޓުން މޮޅުވެފަ އެވެ. ފުރަތަމަ ސެޓު 25-21 އިން ގުޑީސް ހޯދާފައިވަނިކޮށް ސިޓީ މޮޅުވީ 22-25، 20-25 އަދި 20-22 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ސްޕޯޓްސް ކްލަބު ސިޓީގެ ކަލައިޗެލްވަމް ކަރުޕިއަބް އެވެ.
މިމުބާރާތުގައި ދެން ވާދަކުރަނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް