ގާނޫނީ އިމުގެ ތެރެއިން މުޒާހަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް އިލްތިމާސް ކޮށްފި

ގާނޫނީ އިމުގެ ތެރެއިން މުޒާހަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް އިލްތިމާސް ކޮށްފި އެވެ. އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް މިކަމަށް އިލްތިމާސް ކޮށްފައިވަނީ އެމްޑީޕީން ބޭއްވުމަށް ތައްޔާ...

23 Nov 2015 | 10:00

ގާނޫނީ އިމުގެ ތެރެއިން މުޒާހަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް އިލްތިމާސް ކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއަށް މިކަމަށް އިލްތިމާސް ކޮށްފައިވަނީ އެމްޑީޕީން ބޭއްވުމަށް ތައްޔާރުވަމުން އަންނަ "މިންޖުވާން" މުޒާހަރާއާއި ބެހޭގޮތުން ފުލުހުންނާއި އެމްޑީޕީއާއި އިލެކްޝަންސް ކޮމިޝަނުން މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ އިދާރާގައި މިއަދު 10:00 ގައި ކުރިއަށްދިޔަ ބައްދަލުވުމުގައި، 27 ވަނަ ދުވަހު މުޒާހަރާ ކުރިއަށްގެންދާނީ ގާނޫނީ އިމުގެ ތެރެއިންކަން އެމްޑީޕީން ކަށަވަރުކޮށްދިން ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ބުނީ، މުޒާހަރާ ކުރުމުގައި ގާނޫނާ އެއްގޮތަށް އަމަލު ކުރައްވާނަމަ ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ފުލުހުން ވިދާޅުވާ ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް