އަންނަ އަހަރުގެ ބަޖެޓަށް ވޯޓު ނުދޭން އެމްޑީޕީން ނިންމައިފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ފާސް ކުރަން ނަގާ ވޯޓުގައި ވޯޓު ނުދޭން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމައިފި އެވެ. މި ނިނމުން ނިންމާފައިވާއިރު އެމްޑީޕީ ޕީޖީ ގ...

23 Nov 2015 | 09:46

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ފާސް ކުރަން ނަގާ ވޯޓުގައި ވޯޓު ނުދޭން އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމައިފި އެވެ.

މި ނިނމުން ނިންމާފައިވާއިރު އެމްޑީޕީ ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ އެކަމަށް އެމްޑީޕީގެ ޕީޖީން ނިންމާފައިވަނީ އެމްޑީޕީން ހުށަހެޅި އިސްލާހުތައް ބަލައިނުގަތުމުގެ އިތުރުން ބަޖެޓު މަޖިލީހުން ފާސް ކުރުމުގެ ބޭނުން ކެނޑިފައިވާތީ ކަމަށެވެ.

ވޯޓު ނުދޭން ނިންމާފައިވާއިރު ބަޖެޓަށް އެމްޑީޕީންވަނީ 11 އިސްލާހެއް ހުށަހަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް