ފަސް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް ކޮންޓްރެކްޓަރުން ހޯދަން އިއުލާނު ކޮށްފި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރިޔަށްގެންދާ ގދ.ގައްދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއާއި ގއ.ކޮލަމާފުށި، ނ.ވެލިދޫ، ރ.ހުޅުދުއްފާރު އަދި ބ.ތުޅާދޫގެ ފެނާއި ނަރުދަމާ ނިޒާ...

23 Nov 2015 | 09:37

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރިޔަށްގެންދާ ގދ.ގައްދޫގެ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއާއި ގއ.ކޮލަމާފުށި، ނ.ވެލިދޫ، ރ.ހުޅުދުއްފާރު އަދި ބ.ތުޅާދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ކޮންޓްރެކްޓަރުން ހޯދުމަށްޓަކައި މިއަދު އިޢުލާނުކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ގެޒެޓް ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން ގދ. ގައްދޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ސުންގަޑިއަކީ 21 ޖެނުއަރީ 2016 އެވެ. އަދި ގއ.ކޮލަމާފުށި، ނ.ވެލިދޫ، ރ.ހުޅުދުއްފާރާއި ބ.ތުޅާދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ހުށަހެޅުމުގެ ސުންގަޑި އަކީ 22 ޖެނުއަރީ 2016 ވާ ބުރާސްފަތި ދުވަހެވެ.

މި މަޝްރޫއަކީ ދިވެހި ސަރުކާރުގެ ބަޖެޓުންނާއި އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) ގެ ލޯނު އެހީގެ ދަށުން ޚަރަދުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް