މަނާކޮށްފައިވަނިކޮށް ދުއާ ކުރުމުން ހަސަން މުހައްމަދު ހައްޔަރުކޮށްފި

ބަދު ދުއާކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައިވަނިކޮށް މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާ ކުރުމުން އެ ދުއާ ކުރި މީހާ ހައްޔަރުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދ...

23 Nov 2015 | 09:23

ބަދު ދުއާކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައިވަނިކޮށް މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާ ކުރުމުން އެ ދުއާ ކުރި މީހާ ހައްޔަރުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން ހަސަން މުހައްމަދު ކިޔާ މީހަކު ހައްޔަރު ކޮށްފައިވާކަމަށެވެ. ނަމަވެސް އޭނާ ހައްޔަރުކޮށްފައިވަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ހައްޔަރުކޮށްފައިވާ ހަސަން މުހައްމަދު (ހަސަންޓޭ) އަކީ އެމްޑީޕީގެ އިނގުރައިދޫ ދާއިރާގެ ރައީސެވެ. ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި މި ފަހަކަށް އައިސް ދުއާ ކުރާއިރު އިސްވެ ދުއާ ކުރަނީ ހަސަން މުހައްމަދެވެ. =

އިސްލާމިކް މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިސްލާމީ މަރުކަޒުގެ ބޭރުގައި ކޮންމެ ހުކުރު ދުވަހަކު ބަޔަކު ކުރާ ދުއާގައި ވަކި ބަޔަކާ ދެކޮޅަށް ބަދު ދުއާ ކުރާ ކަމަށާއި އެކަން އެގޮތަށް ކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް