އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ހުސްކޮށްލާފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް އާއިޝަތު ބިޝާމް އައްޔަން ކުރުމަށް ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފި އެވެ.
ޕީޖީގެ މަގާމަށް ބިޝާމް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކޮށްފައިވާއިރު ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީން ނިންމާފައިވަނީ އިއްޔެ އެވެ. ބިޝާމްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ، މަޖިލީހަށް ފޮނުއްވީވެސް އިއްޔެ އެވެ.
ޕީޖީގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތި ލެއްވީ ބިޝާމް އެކަންނެވެ. ބިޝާމް މިހާރު އަދާ ކުރައްވަމުން ގެންދަވަނީ ރައީސް އޮފީހުގެ ލީގަލް ސެކްރެތަރީގެ މަގާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް