ޓެކްސީ ދަތުރު އަގުތަކުގެ މައްސަލައިގާ އައްޑޫގެ ޓެކްސީ ޑްރައިވަރުން އައްޑޫ ކައުންސިލާއި ބައްދަލުކޮށްފި

އައްޑޫ ދުއްވާ ޓެކްސީތަކުން ކުރާ ދަތުރު ތަކަށް ނަގާ އަގުތަކާއި މެދު ހިތްހަމަ ނުޖެހިގެން އައްޑޫގެ ޓެކްސީ ޑްރައިވަރުން ސިޓީ ކައުންސިލާ ބައްދަލުކޮށްފި އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން އައްޑޫ ކައުންސިލ...

23 Nov 2015 | 09:01

އައްޑޫ ދުއްވާ ޓެކްސީތަކުން ކުރާ ދަތުރު ތަކަށް ނަގާ އަގުތަކާއި މެދު ހިތްހަމަ ނުޖެހިގެން އައްޑޫގެ ޓެކްސީ ޑްރައިވަރުން ސިޓީ ކައުންސިލާ ބައްދަލުކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އައްޑޫ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތައްޔިބު ވިދާޅުވީ ޓެކްސީ ޑްރައިވަރުން ކައުންސިލާއި ބައްދަލު ކުރީ އަގުތަކާއި މެދު ހިތްހަމަ ނުޖެހިގެން ނޫން ކަމަށާއި މައްސަލައަކީ ހިތަދޫ އޭރިއާ ކަނޑައެޅުމުގައި ކައުންސިލުން ބަލާ ގޮތާއި ފުލުހުން ބަލާ ގޮތް ތަފާތުވުމުން އައި މައްސަލައެއް ކަމަށެވެ.

"އަޅުގަނޑުމެން ހިތަދޫ ސަރަހައްދު ކަމަށް މި ބަލަނީ ހިތަދޫގައި މީހުން ދިރިއުޅޭ ސަރަހައްދު ކަމަށް، އެ ސަރަހައްދުގައި މި އުޅެނީ ފަސް ވަރަކަށް ކިލޯ މީޓަރު، ނަމަވެސް ފުލުހުން މި ބަލަނީ ކުރަހާފައި އޮންނަ ޗާޓަށް، އެ ޗާޓުން ބަލާ ނަމަ ހިތަދޫ ސަރަހައްދުގައި އެބަ އުޅޭ 14 ވަރަކަށް ކިލޯ މީޓަރު، 25 ރުފިޔާއަށް އެހާ ދުރަށް ދަތުރު ކުރަން ވީމަ ޑްރައިވަރުންގެ ޝަކުވާއަކަށް މި ވަނީ" ޑެޕިއުޓީ މޭޔަރު ތައްޔިބު ވިދާޅުވި އެވެ.

ތައްޔިބު އިތުރަށް ވިދާޅުވީ މި މައްސަލައަށް ހައްލެއް ހޯދުމަށް މާދަމާ ފުލުހުންނާއި ބައްދަލު ކުރުމަށް ނިންމާފައި ވާކަމަށާއި މި މައްސަލައަށް ހައްލެއް ގެނައުމާއިމެދު ފުލުހުންނާއި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް