ލޯންޗު އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެކަކު މާލެ ފޮނުވާލުމަށް މަސައްކަތް ކުރަނީ

ހދ ހަނިމާދޫ ނެރު ކައިރީގައި ދެ ލޯންޗެއް ޖެހި، ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރެއިން އެކަކު މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅުދުއްފ...

23 Nov 2015 | 06:12

ހދ ހަނިމާދޫ ނެރު ކައިރީގައި ދެ ލޯންޗެއް ޖެހި، ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރެއިން އެކަކު މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ހާމަކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ހަސަން ހުސެއިން ވިދާޅުވީ އެކެއްގެ ހާލު ސީރިއަސް ކަމަށާއި އެމީހާ މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އައިސީޔޫގައި އެމީހާއަށް ފަރުވާދެމުން އަންނައިރު ކަންފަތުންނާއި ނޭފަތުން ލޭ އާދޭ، ބޮލަށްވެސް އަނިޔާތަކެއް ލިބިފައި ހުރިކަން ފާހަގަކުރެވޭ، މޯލްޑިވިއަން އިން ފްލައިޓެއް ހަމަޖެހުނުހާ އަވަހަކަށް މާލެ ފޮނުވާލަން މަސައްކަތް މި ކުރަނީ" ހަސަން ވިދާޅުވި އެވެ.

ހަސަން އިތުރަށް ވިދާޅުވީ އެކްސިޑެންޓްގައި ޒަހަމްވި ހަ ދިވެހިންނަށްވެސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު މާލެ ފޮނުވާލަން ތައްޔާރުވަމުން އަންނަ މީހާގެ އިތުރުން ދެ މީހަކަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާކަމަށެވެ. އަދި ހަ މީހުންގެ ތެރެއިން އެކަކުވެސް އަދި ހޮސްޕިޓަލުން ދޫކޮށްލާފައި ނުވާކަމަށްވެސް ހަސަން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް