އަފްގާން ގައި ވޮލީ މެޗެއް ކުރިއަށްދަނިކޮށް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 50 އަށްވުރެ ގިނަ މަރު

އަފްގާނިސްތާނުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ޕާކްޓިއާ ޕްރޮވިންސްގައި ވޮލީ މެޗެއް ކުރިއަށް ދަނިކޮށް އެ ސަރަހައްދަށް މީހަކު ގޮސް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 50 އަށްވުރެ ގިނަ މީހުން މަރުވެއް...

23 Nov 2014 | 17:32

އަފްގާނިސްތާނުގެ އިރުމަތީ ސަރަހައްދެއް ކަމަށްވާ ޕާކްޓިއާ ޕްރޮވިންސްގައި ވޮލީ މެޗެއް ކުރިއަށް ދަނިކޮށް އެ ސަރަހައްދަށް މީހަކު ގޮސް ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 50 އަށްވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

އެ ޕްރޮވިންސްގެ ތަރުޖަމާނު މުކްލޭޝް އަފްގާން، ބުނީ ވޮލީމެޗެއް ކުރިއަށް ދިޔަ އިރު މެޗް ބަލަން އެތައް ސަތޭކަ ބަޔަކު އެ ސަރަހައްދަށް އެއްވި ކަމަށާއި ސަޕޯޓަރުންގެ ތެރޭން މީހަކު ޖާނުން ފިދާވުމުގެ ހަމަލާއެއް ދިނުމުގެ ސަބަބުން 50 އަށް ވުރެ ގިނަ މީހުން މަރުވެފައިވާކަން މިހާތަނަށް ކަށަވަރު ކުރެވިފައިވާކަމަށެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފަ އެއް ނުވެ އެވެ. މުކްލޭޝް އިތުރަށް ބުނީ 50 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު މަރުވި މީހުންގެ އަދަދު އިތުރު ވުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް