ދުވަހު ކުއްޔަށްދޭ ތަނެއްގައި މަސްތުވާތަކެތި ބަންދުކުރަން ތިބި އަންހެނަކާއި 4 ފިރިހެނުން ހައްޔަރުކޮށްފި

ދުވަހު ކުއްޔަށްދޭ ތަނެއްގައި މަސްތުވާތަކެތި ބަންދު ކުރަން ތިބި އަންހެނަކާއި 04 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. ފުލުހުން ބުނީ މި މައްސަލއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެ...

23 Nov 2014 | 13:52

ދުވަހު ކުއްޔަށްދޭ ތަނެއްގައި މަސްތުވާތަކެތި ބަންދު ކުރަން ތިބި އަންހެނަކާއި 04 ފިރިހެނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ މި މައްސަލއާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 19 އަހަރުގެ އަންހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 37 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި 05 މީހުންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބަންދު ކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓުގެ ޑްރަގް އޮޕަރޭޝަން ޔުނިޓުން ރޭ ހިންގި އޮޕަރޭޝަންގައި ކޯޓް އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައި ވަނީ މއ.މޭފިއާ ގޭގައި ދުވަހު ކުއްޔަށް ދޭ ތަނެއް ކަމަށާއި މި އޮޕަރޭޝަންގައި 05 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި  17 ރަބަރު ޕެކެޓާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 02 ރަބަރު ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

މީގެ އިތުރުން މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ބައެއް އާލާތްތައްވެސް އެތަނުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް