މުދަލާއި ހިދުމަތުގެ އަގުން ޓެކެސް ނެގުމުގެ ގާނޫނަށް ގެނައި 2 ވަނަ އިސްލާހު ރައީސް، ތަސްދީގު ކުރައްވައިފި

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަމްބަރު 2011/10) އަށް ގެނައި އިސްލާހު ރައީސުލް ޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ. ރައީސް ޔާމީން އެ ބިލު ތަސްދީގު ކުރައްވާ ގެޒެޓް...

23 Nov 2014 | 11:46

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަމްބަރު 2011/10) އަށް ގެނައި އިސްލާހު ރައީސުލް ޖުމްހޫރިއްޔާ މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް ޔާމީން އެ ބިލު ތަސްދީގު ކުރައްވާ ގެޒެޓް ކޮށްފައިވާއިރު ގެނެސްފައިވާ އިސްލާހަކީ އެ ގާނޫނުގެ 20 ވަނަ މާއްދާގެ (ލ) ގެ ފަހަތަށް އަކުރެއް އިތުރު ކުރުމެވެ.

އެ ގޮތުން ސަރުކާރުން ކަނޑައަޅާ އުސޫލަކާ އެއްގޮތްވާ ގޮތުގެ މަތިން އަގު ކޮންޓްރޯލްކުރުމުގެ ބާރު ސަރުކާރަށް ލިބޭގޮތަށް ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ސަރުކާރުން ނުވަތަ ތިންވަނަ ފަރާތެއް މެދުވެރިކޮށް ސަރުކާރުން ވިއްކާ ފްލެޓް ނުވަތަ ގޯތި ނުވަތަ އިމާރާތް އެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު، އަލަށް އިތުރުކުރެވުނު އަކުރުގެ ދަށުން އިސްތިސްނާކޮށްފައިވާ މުދަލަކާ ގުޅިގެން އެގާނޫނުގެ ދަށުން ނެގޭ ޖީއެސްޓީ އެއްވެސް ފަރާތަކުން ދައްކާފައިވާނަމަ، މިގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ ފަރާތަކަށް އަނބުރާ ދައްކަންވާނެ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް