ކުށްކުރުން އިތުރުވުމުން އައްޑޫގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި

ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސީޓީގެ ހިތަދޫގައި ކުށްކުރުން އިތުރުވެފައިވާތީ ހާޢްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންގައި މަގުމަތީގައި އެއްވެސް ކަމެއް ނެތި ގްރޫޕު...

23 Nov 2014 | 10:41

ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އައްޑޫ ސީޓީގެ ހިތަދޫގައި ކުށްކުރުން އިތުރުވެފައިވާތީ ހާޢްސަ އޮޕަރޭޝަނެއް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި މަގުމަތީގައި އެއްވެސް ކަމެއް ނެތި ގްރޫޕު ހަދައިގެންތިބޭ ފަރާތްތަކާއި ސުވާލުކޮށް އެމީހުން ބަލައިފާސްކުރާނެ ކަމަށެވެ. އަދި ދަންވަރު ބޭރުގައި އުޅޭ ފަރާތްތަކާއި ސުވާލު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނުގައި މިހާތަނަށް 38 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރެއިން ފަސް މީހެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ދީފައިވާކަމަށެވެ. މި ފަސް މީހުންނަކީ މާރާމާރީއާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންނެވެ.

މިހާރަކަށް އައިސް މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިން ހިމެނޭތީ ފުލުހުންވަނީ ބެލެނިވެރިން މިކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައި އެވެ.

ފުލުހުންފެށި މި އޮޕަރޭޝަން ވަކި މުއްދަތެއް ނެތި ކުރިޔަށް ގެންދަން ވަނީ ނިންމާފައި އެވެ.

އައްޑޫ ސިޓީ ހިތަދޫގައި ހާޢްސަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިމިވަނީ މިދިޔަ ހަފްތާގައި ތޫނުއެއްޗަކުން ހަމަލާދީ ހިދަތޫ ޒުވާނަކު ޒަހަމްކޮށްލާފައި ވަނިކޮށެވެ. އަދި މިއަދުވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު  މަރަދޫ ގެގެއްގެ ތެރެއަށް ވަދެ ތިން މީހަކަށް ހަމަލާދީ އެގޭގައި ހުރި ހިފާ ގެންގުޅޭ އެއްޗިއްސަށް ގެއްލުން ދީފައި އެވެ. ފުލުހުން ބުނީ މި މައްސަލަތަކުގައި ހިމެނޭ މީހުން ހޯދަމުންދާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް