“މީޓްމެސީ” ކެންޕެއިންގެ ރާއްޖެއިން ހޮވުނު ނަސީބުވެރިޔާ މެސީއާއި ބައްދަލުކޮށްފި

އުރީދޫގެ ބްރޭންޑް އެމްބެސެޑަރު ލިއޯ މެސީ ހިމަނައިގެން އެކުންފުނިން ކުރިއަށްގެން ދިޔަ ފުރަތަމަ ބައިނަލްއަގުވާމީ ކޮމިއުނިކޭޝަން ކެމްޕޭންގެ ރާއްޖެ އިން ހޮވުނު ނަސީބުވެރިޔާ ހުސެއިން ސާމިރު މެސީއާއި ބައްދަ...

23 Nov 2014 | 10:19

އުރީދޫގެ ބްރޭންޑް އެމްބެސެޑަރު ލިއޯ މެސީ ހިމަނައިގެން އެކުންފުނިން ކުރިއަށްގެން ދިޔަ ފުރަތަމަ ބައިނަލްއަގުވާމީ ކޮމިއުނިކޭޝަން ކެމްޕޭންގެ ރާއްޖެ އިން ހޮވުނު ނަސީބުވެރިޔާ ހުސެއިން ސާމިރު މެސީއާއި ބައްދަލުކޮށްފިއެވެ.

ރ. ކަނދޮޅުދޫ އަށް އުފަން އުމުރުން 23 އަހަރުގެ ހުސެއިން ސާމިރު މެސީއާއި ބައްދަލުކުރިކަން އިރީދޫގެ ފޭސްބުކް ޕޭޖުންވަނީ ޔަގީންކޮށްދީފައެވެ. 3 ފަހަރު ދުނިޔޭގެ މޮޅުކުޅުންތެރިޔާ މެސީއާއި ބައްދަލުވުމުގެ އިތުރުން ބަރސާ ރޭ ލަލީގާގައި ސެވިއްޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި މެސީ ރެކޯރޑު ހެދި މަންޒަރު ކޭމްޕަނައުގައި އިނދެ ބަލާލުމުގެ ފުރުސަތު ސަމީރުއަށްވަނި ލިބިފައެވެ.

ފީފާ ވޯލްޑް ކަޕް 2014ގައި އިއުލާނުކުރި ބައިނަލްއަގުވާމީ ކެމްޕޭން ކުރިއަށްދިޔައީ "ސިމްޕްލީޑޫވިންޑާސް" ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނަކާ އެކުގަ އެވެ. އަދި ފުޓްބޯޅައިގެ ހުނަރު ދައްކުވައިދޭ ވީޑިއޯތައް އިންސްޓަގްރާމަށް "މީޓްމެސީ" ހޭޝްޓެގް ބޭނުންކޮށްގެން އަޕްލޯޑް ކުރުމަށް ފުރުސަތު ހުޅުވާލިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް