އިންޑިއާގެ ޓުޓިކޮރިން އިން މުދާ ހިފައިގެން މާލެ އައި ބޯޓަކުން ދޮޅު ފޫޓުގެ ހަރުފައެއް ފެނިއްޖެ އެވެ.
އެ ބޯޓު މާލެ އައިސްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. އެމްޕީއެލްގެ އޮފިޝަލަކު ދުވަހަށް ވިދާޅުވީ "އެމްއެސްވީ ގްލޯރީ ޓު ގޯޑް" ނަމަކަށް ކިޔާ އެ ބޯޓުން ހަރުފަ އެއް ފެނިފައިވަނީ ރޭ ބޯޓުން މުދާ ބާލަނިކޮށް ބޯޓުގެ ފަލްކާ ތެރެއިން ކަމަށެވެ.
އޭނާ ވިދާޅުވީ އެބޯޓުން ފެނިފައި ވަނީ "ޕައިތަން" ހަރުފަ އެއް ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓުގައި ހުރި ބައެއް ބާވަތުގެ މުދާ ބޭނުންކުރުން ޕޯޓް ހެލްތުން މިހާރުވަނީ މަނާކޮށްފައި އެވެ. ބޭނުންކުރުން ޕޯޓް ހެލްތުން މަނާކުރީ ގޯނިގޯންޏާއި ބަސްތާތަކުގައި ހުރި މުދާ ކަމަށް މައުލޫމާތު ލިބެއެވެ.
އެ ބޯޓުން ފެނުނު ދޮޅު ފޫޓުގެ ހަރުފަ މިހާރު ވަނީ ސިފައިންނާ ހަވާލުކޮށްފަ އެވެ. ބޯޓުގައި މަސައްކަތް ކުރާ މީހުންނަށް އިތުރު ހަރުފައެއް އުޅޭކަމަށް ޝައްކުކުރެވޭތީ އެ ބޯޓު އިތުރަށް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުންނާއި ސިފައިންގެ އިތުރުން ކަސްޓަމްސްގެ އޮފިޝަލުން ގުޅިގެން އަންނަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް