ރިލްވާން މައްސަލައިގަ ބަންދުގަ ހުރިމީހާގެ ބަންދުގެ މުއްދަތު 7 ވަނަ ފަހަރަށް އިތުރު ކޮށްފި

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގާ ހައްޔަރު ކުރި މީހާ ގޭ ބަންދަށް ބަދަލު ކުރުމަށްފަހު ބަންދުގެ މުއްދަތަށް އަނެއްކާވެސް 10 ދުވަސް އިތުރު ކޮށްފި އެވެ....

23 Nov 2014 | 09:26

ގެއްލިގެން ހޯދަމުން އަންނަ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގާ ހައްޔަރު ކުރި މީހާ ގޭ ބަންދަށް ބަދަލު ކުރުމަށްފަހު ބަންދުގެ މުއްދަތަށް އަނެއްކާވެސް 10 ދުވަސް އިތުރު ކޮށްފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލާގައި ކުރިން ގޭ ބަންދަށް ބަދަލު ކޮށްފައި ހުރި މީހާގެ ބަންދުގެ މުއްދަތު ހަމަވުމުން މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އިތުރު 10 ދުވަހުގެ މުއްދަތެއް ކޯޓުން އިތުރު ކޮށްދިނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ރިލްވާންގެ މައްސަލައިގާ އިތުރު ބަޔަކުވެސް ފުލުހުން މީގެ ކުރިން ހައްޔަރު ކުރިއެވެ. ނަމަވެސް އެމީހުން ވަނީ ދޫކޮށްލާފައެވެ. ރިލްވާން ގެއްލިގެން ހޯދަމުން އަންނަތާ 100 އަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މި މައްސަލައިގާ ބަންދުގައި ހުރި މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރި މީ 7 ވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް