ފްލައިމީގެ ބޯޓުން ނުރައްކާތެރި އެއްވެސް އެއްޗެއް ނުފެނޭ

ބ. ދަރަވަންދުއަށް ދަތުރުކުރަނިކޮށް ޕައިލެޓަށް ބޮމުގެ އިންޒާރެއް ލިބުމާ ގުޅިގެން އިމަޖެންސީގައި އަނބުރައި ހުޅުލެއަށް ޖެއްސި ފްލައިމީގެ އެއަކްރާފްޓުން ނުރައްތެރި އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް މ...

23 Nov 2014 | 08:03

ބ. ދަރަވަންދުއަށް ދަތުރުކުރަނިކޮށް ޕައިލެޓަށް ބޮމުގެ އިންޒާރެއް ލިބުމާ ގުޅިގެން އިމަޖެންސީގައި އަނބުރައި ހުޅުލެއަށް ޖެއްސި ފްލައިމީގެ އެއަކްރާފްޓުން ނުރައްތެރި އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑިއެފުން ނެރުނު ބަޔާނެއްގައި ބުނީ، 2014 ނޮވެންބަރު 22 ވަނަ ދުވަހުގެ ރޭ އައިއެންއައިއޭ އިން ފުރައިގެން ދަރަވަންދުއަށް ދަތުރުކުރި ފްލައިމީގެ އެއާކްރާފްޓްގެ ޕައިލެޓަށް ލިބުނު ބޮމުގެ އިޒާރަކާ ގުޅިގެން އެ ބޯޓު އަނބުރާ ހުޅުލެއަށް ޖެއްސުމުން، ބޯޓުގެ ފަސިންޖަރުންނާއި ކްރޫން ބާލައި، އެ ބޯޓު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނީ ނުރައްކާތެރި އެއްޗެއް ނުވަތަ ޝައްކު ކުރެވޭ އެއްޗެއް ފެނިފައިނުވާކަމަށެވެ،

އެމްއެންޑީއެފުން ބުނީ، މި ހާދިސާއާއި ގުޅޭ ތަހުގީގުތައް މިހާރު މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރިއަށް ގެންދާ ކަމަށެވެ

ރޭ 11:04 ގައި އައިއެންއައިއޭ އިން ދަރަވަންދުއަށް ދަތުރުކުރި ވިލާ އެއާގެ ވީކިއުއޭ 649 ފްލައިޓް އަނބުރާ ހުޅުލެއަށް ޖެއްސީ އެ ބޯޓުގެ ޕައިލެޓަށް ލިބުނު ބޮމުގެ އިންޒާރަކާ ގުޅިގެން 11:49ގަ އެވެ. އަދި ބޯޓު ޖެއްސުމާއެކު އެއާޕޯޓް ބަންދުކޮށް ކުއްލި ހާލަތަކަށް ގެނެސް އެއާޕޯޓުވަނީ ދޮޅު ގަޑިއރަށް ބަންދުކޮށްފައި އެވެ. އެއާޕޯޓު އަލުން ހުޅުވާފައި ވަނީ، ރޭ މެންދަމު 1:54ގަ އެވެ.  އެއާޕޯޓު ބަންދު ކުރުމުގެ ސަބަބުން ބައިނަލްއަގުވާމީ ދަތުރުތަކަށް ވަނީ ބުރޫއަރާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް