‏ރައީސް ޔާމީންގެ އަރިހަށް މޮރިޝަސް ކޮމާޝަލް ބޭންކުގެ ޑިރެކްޓަރަކު ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏މޮރިޝަސް ކޮމަރޝަލް ‏‏ބޭންކް (އެމް.ސީ.ބީ) ގެ ޑިރެކްޓަރ މިސްޓަރ ރައުލް ގުފްލެޓާ މިއަދު ބައްދަލުކުރައްވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި ‏‏ބައް...

23 Nov 2014 | 07:55

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏މޮރިޝަސް ކޮމަރޝަލް ‏‏ބޭންކް (އެމް.ސީ.ބީ) ގެ ޑިރެކްޓަރ މިސްޓަރ ރައުލް ގުފްލެޓާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި ‏‏ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.

‏ ‏މި ބައްދަލުކުރެއްވުމުގައި، އެމް.ސީ.ބީ އިން ރާއްޖޭގައި އިންވެސްޓް ކުރާ މިންވަރު ‏‏އިތުރުކުރުމަށް ހުރި ފުރުޞަތުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ‏މިސްޓަރ ރައުލް ގުފްލެޓް‏ ‏‏މަޝްވަރާ ކުރެއްވި ކަމަށާއި އިންވެސްޓަރުންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ބެހޭގޮތުންނާއި، ބޭންކު ‏‏މެދުވެރިވެގެން ވިޔަފާރީގެ ފުރުޞަތުތައް އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންކަމާބެހޭގޮތުން ‏‏ވެސް ވާހަކަފުޅު ދެއްކެވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

‏އެ އޮފީހުން އިތުރަށް ވިދާޅުވީ މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ޓޫރިޒަމް އަލްފާޟިލް އަޙުމަދު އަދީބް ‏‏ޢަބްދުއްޤަފޫރު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް