ކޯޓުން ފޮނުވާލި ތިނަދޫ ހުޅުޖެހި މައްސަލަ މިއަދު ހުށަހެޅޭ ގޮތެއް ނުވި

ކްރިމިނަލް ކޯޓު އިއްޔެ ބޭރުކޮށްލި ގދ. ތިނަދޫގައި ހުރި ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖެހި މައްސަލަ ޕީޖީ އޮފީހަށް ފޮނުވިލެއް ލަސްކަމުން މިއަދު ހުށަނޭޅުނެ ކަމަށް އެ އޮފީހުން ބުނެފި އެވެ. ދުވަހަށް މައ...

23 Nov 2014 | 07:40

ކްރިމިނަލް ކޯޓު އިއްޔެ ބޭރުކޮށްލި ގދ. ތިނަދޫގައި ހުރި ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖެހި މައްސަލަ ޕީޖީ އޮފީހަށް ފޮނުވިލެއް ލަސްކަމުން މިއަދު ހުށަނޭޅުނެ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތުދެއްވަމުންޕަބްލިކް ޕްރޮސެކިއުޓާ އާދަމް އާރިފް ވިދާޅުވީ ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާނަމަ މެންދުރު 12:00 ގެ ކުރިން ހުށަހަޅަން ޖެހޭކަމަށާއި، އެހެން ނަމަވެސް އެއޮފީހަށް އެ ކޯޓޫން އަނބުރާ ފޮނުވާލި މައްސަލަ ލިބުނީވެސް 12 ޖެހުމާއި ގާތްވެފައިވަިކޮށްކަމުން މިއަދު ހުށަނޭޅޭނެ ކަމަށެވެ އާރިފް ވިދާޅުވީ އެ މައްސަލަ އަނބުރާ ލިބުނީންސުރެ މަސައްކަތް ކުރަމުންދަނީ ވީހާވެސް އަވަހަށް ހުށަހެޅުމަށް ނިންމަންޖެހޭ ކަންކަން ނިންމުމަށް ކަމަށެވެ.

އޭނާ ވުދާޅުވީ އެންމެ ލަސްވެގެން މާދަމާ އެ މައްސަލަ އަލުން ކްރިމިނަލް ކޯޓަށް ހުށަހަޅާނެކަމަށެވެ.

"އަޅުގަނޑުމެން މިހާޜު ވަރަށް ބާރަށް އެ މަސައްކަތް އެބަ ކުރަން. މިއަދުވެސް ތަންކޮޅެއް އަވަހަށް ލިބުނު ނަމަ ހުށަހަން ތައްޔާރަށް ތިބީ. އެކަމަކު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހެޅޭނީ 12:00 ގެ ކުރިން ކަމަށްވާތީ ހުށަނޭޅުނީ،" އާރިފް ވިދާޅުވި އެވެ.

ތިނަދޫގައި ހުޅުޖެހި މައްސަލަ އަލުން ހުށަހަޅާއިރު ކުރިން ދައުވާ ކުރި މައްސަލައަށް އެއްވެސް އުނި އިތުރެއް ނުގެންނާނެކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. އަދި ދައުވާ ކުރާ މީހުންގެ އަދަދަށްވެސް ބަދަލު ނުގެންނަން ވަނީ ނިންމާފައި އެވެ.

ތިނަދޫގައި ހުރި ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖެހި މައްސަލައިގަ 89 މީހެއްގެ މައްޗަށް ދައުވާކުރުމަށް ހުށަހެޅި އެވެ. އެ މައްސަލަ އިއްޔެ ބޭރުކޮށްލީ ޕީޖީ އޮފީހުން ވަކީލުން ހާޒިރު ނުވެގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް