އިންޑިއަން ސުޕަރލީގު: ޕޫނޭ އެފްސީގެ މައްޗަށް ކުރިހޯދާ ގޯއާ އެފްސީން ތާވަލުގެ ގަދަ ހަތަރަކަށް

ހީރޯ އިންޑިއަން ސުޕަރލީގުގައި ޕޭނޭ އެފްސީގެ މައްޗަށް ކުރިހޯދާ ގޯއާ އެފްސީން ތާވަލުގެ ގަދަ ހަތަރަކަށް ޖެހިލައިފިއެވެ. ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ކުޅުނު މެޗު ގޯއާ އެފްސީން ކާމިޔާބުކޮށްފައިވަނީ 2...

23 Nov 2014 | 05:51

ހީރޯ އިންޑިއަން ސުޕަރލީގުގައި ޕޭނޭ އެފްސީގެ މައްޗަށް ކުރިހޯދާ ގޯއާ އެފްސީން ތާވަލުގެ ގަދަ ހަތަރަކަށް ޖެހިލައިފިއެވެ.

ޖަވާހަރްލާލް ނެހުރޫ ސްޓޭޑިއަމްގައި ކުޅުނު މެޗު ގޯއާ އެފްސީން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފަރަތަމަ ގޯލް މެޗު ފެށިގެން މާގިނައިރެއްނުވެ މެޗުގެ 6 ވަނަ މިނެޓުގައި ގޯއާ އެފްސީއަށް ކާމިޔާބުކޮށްދީފައިވަނީ ރޮމެއޫއެެވެ.

ޕޫނޭއެފްސީން މެޗަށް އަނބުރާ އައުމަށް ބުރަ މަސައްކަތްތަކެއް ކުރި ނަމަވެސް މެޗުގެ 90 ވަނަ މިނެޓާއި ހަމައަށް ގޯއާ އެފްސީންވަނީ މެޗުގެ ލީޑު ހިފަހައްޓާފައެވެ. އަދި 90 ވަނަ މިނެޓުގައި ގޯއާ އެފްސީއަށް މެޗުގެ ނަތީޖާ ކަށަވަރުކޮށްދިނީ ސްލެޕިކާގެ ގޯލުންނެވެ.

މެޗުން މޮޅުވުމާއެކު ގޯލްގެ ތަފާތުން ގޯއާ އެފްސީ ލީގު ތާވަލުގެ 4 ވަނައަށް ޖެހިލާފައިވާއިރު، 10 މެޗުން އެޓީމަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ޕޫނޭ އެފްސީއަށް 12 ޕޮއިންޓް ލިބުނު ނަމަވެސް ގޯލްގެ ތަފާތުން ޕޫނޭ އޮތީ ތާވަލުގެ 6 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް