އިންޑިއާގެ ފިރިހެނަކަށް ކައިވެނި ކުރެވުނީ ފިރިހެން ކުއްޖަކާކަން އެނގުނީ ހަނީމޫނަށް ދިޔަ ފަހުން

މީ ނިމިދިޔަ ހަފްތާގެ ތެރޭގައި އަވަށްޓެރި އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއް ކަމަށްވާ ބަދައުންގައި ހިނގި ހާދިސާއެކެވެ. އުމުރުން 37 އަހަރުގެ ބަލަކް ރާމް، ޒުވާން އަންހެން ކުއްޖަކާ ކައިވެނި ކުރަން ބޭ...

23 Nov 2014 | 05:08

މީ ނިމިދިޔަ ހަފްތާގެ ތެރޭގައި އަވަށްޓެރި އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އަވަށެއް ކަމަށްވާ ބަދައުންގައި ހިނގި ހާދިސާއެކެވެ.

އުމުރުން 37 އަހަރުގެ ބަލަކް ރާމް، ޒުވާން އަންހެން ކުއްޖަކާ ކައިވެނި ކުރަން ބޭނުންވާތީ ކައިވެނި ކުރާނެ ކުއްޖަކު ހޯދައިދިނުމަށް އެދުނީ އެ ސަރައްހަދުގައި ނަށާ ގްރޫޕެއް ގެންގުޅޭ ހުކުމް ސިންގް ކިޔާ މީހަކާއެވެ. ހުކުމް ސިންގަށް ބަލަކްރާމް އެކަމުގެ އެޑްވާންސަށް 50 ހާސް ރުޕީސްވެސް ދިންކަމަށް ވެއެވެ.

ބަލަކްރާމަށް އުފާވެރިކަން ލިބުނީ ދުވަސްތަކެއް ފަހުން ހުކުމް ސިންގް ފޯނުން ގުޅާފައި 29 އަހަރުގެ ޅަޒުވާން އަންހެން ކުއްޖަކު ބަލަކް ރާމްއާ އިންނަން ތައްޔާރަށް ހުރިކަމަށް ބުނުމުންނެވެ. އިންޑިއާގެ ލޯކަލް ނޫސްތަކުގައި ބުނާގޮތުން އެ ހަބަރު ލިބުމުން ބަލަކްރާމްއާއި ބަލަކްރާމްގެ އާއިލާ އެ އަންހެން ކުއްޖާއާ ބައްދަލު ކުރަން އެ އަންހެންކުއްޖާ ދިރިއުޅޭ "މަތުރާ" އަވަށަށް ދިޔައެވެ.

"ރާޖް ކުމާރީ ފުރަތަމަ ފެނުމުންވެސް އަހަންނަށް ލޯބި ވެވުނު، އެއީ ޖާދޫއެއް ފަދަ ލޮލެއްގެ ވެރިއެއް" ބަލަކް ރާމް ބުނެފައިވެއެވެ.

ކޮންމެއަކަށް ބަލަކްރާމަށް ލިބުނު އުފަލާއެކު އޭނާ އަވަސްވެގަތީ ކައިވެނީގެ ކަންކަން ނިންމުމަށްފަހު ހަނީމޫނަށް ދިއުމަށެވެ. އެގޮތުން ދެމީހުން ދިމާވިތާ 48 ގަޑިއިރު ތެރޭގައި ކައިވެނީގެ ކަންކަން ނިންމާލިއެވެ. އަދި ހަނީމޫނަށް ދިޔަ ކަމަށް ވަނީ ގޯއާ އަށެވެ.

ބަލަކް ރާމް ބުނީ ކައިވެނީގެ ގޮތުން ގުޅުނީ 15 އަހަރުގެ ފިރިހެން ކުއްޖަކާ ކަން އެނގުނީ ހަނީމޫނަށް ދިޔަ ފަހުން ކަމަށާއި އެކަމާ ދެރަވެ ހިތާމަ ކުރާ ކަމަށެވެ. ނަމަވެސް 15 އަހަރުގެ ކުޑަކުއްޖާ މިކަމުގައި ކުށްވެރިކުރަން ބޭނުން ނުވާކަމަށްވެސް ބަލަކް ރާމް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް