ފުލުހުން އިސްލާހު ނުކޮށް އަމާންކަމެއް ނުހޯދޭނެ: ރައީސް ނަޝީދު

ދިވެހި ފުލުހުންގެ ހިދުމަތް (އެމްޕީއެސް) އިސްލާހު ނުކޮށް އަމާންކަން ނުހޯދޭނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝިދު މިހެން ވިދާޅުވީ ކުރެއް...

23 Nov 2014 | 04:18

ދިވެހި ފުލުހުންގެ ހިދުމަތް (އެމްޕީއެސް) އިސްލާހު ނުކޮށް އަމާންކަން ނުހޯދޭނެ ކަމަށް ކުރީގެ ރައީސް އަދި މިހާރު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝިދު މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި ވިދާޅުވެފައިވަނީ "1 އަހަރު ކުރިން ފްލައި މީ އަށް ދެވުނު އިންޒާރު ނުބަލާ ދޫކޮށްލީ، އެހެންވެސް އިންޒާރުތައް ތަހުގީގު ކުރުމެއް ނެތް، އެމްޕީއެސް އިސްލާހު ނުކޮށް އަމާންކަން ނުހޯދޭނެ" ކަމަށެވެ.

https://twitter.com/MohamedNasheed/status/536359166864941057

ފްލައިމީގެ ފްލައިޓެއްގައި ބޮމެއް އޮތް ކަމުގެ އިންޒާރާއެކު ރޭގެ ވަގުތެއްގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ފްލައިމީގެ ފްލައިޓެއް ނައްޓާލުމަށްފަހު އަނބުރާ އައިއެންއައިއޭއަށް ވަނީ ޖައްސާފައެވެ. އަދި އެ ހާދިސާއާ ގުޅިގެން އެއާޕޯޓް ބަންދުވެސް ކުރިކަމަށް ވެއެވެ. އެމްއެންޑީއެފުން ބުނީ އެންމެ ފަހުން ބުނެފައިވަނީ ހަމަޖެހިފައިވާ އުސޫލުން އެއަރކްރާފްޓް ސާރޗް ކުރަމުން އަންނަ ކަމަށެވެ.

އަދި މި ތްރެޓާއި ގުޅިގެން ކުރަންޖެހޭ ހުރިހާ ތަޙުޤީޤުތައް ކުރިއަށް ދާތީ، މިކަމާގުޅޭ ތަފުސީލުތައް ފަހުން ހާމަކުރަމުން ގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް