އެމެރިކާއިން އައިއެސްއާ ދެކޮޅަށް ކުރާ ހަނގުރާމައިގާ ސޫރިޔާއިން އެކަނި 910 މަރު

އެމެރިކާއިން އިސްނަގައިގެން، އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައިއެސް ޖަމާއަތް ނައްތާލުމަށ ކުރަމުން އަންނަ ހަނގުރާމައިގާ ސޫރިޔާއިން އެކަނި މިހާތަނަށް 910 މީހަކު މަރާލާފައިވާކަމަށް އެ ސަރ...

23 Nov 2014 | 02:56

އެމެރިކާއިން އިސްނަގައިގެން، އިރާގާއި ސޫރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައިއެސް ޖަމާއަތް ނައްތާލުމަށ ކުރަމުން އަންނަ ހަނގުރާމައިގާ ސޫރިޔާއިން އެކަނި މިހާތަނަށް 910 މީހަކު މަރާލާފައިވާކަމަށް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ މޮނިޓަރުންގެ ގްރޫޕަކުން ހާމަކޮށްފި އެވެ.

މޮނީޓަރުންގެ ގްރޫޕުން ބުނީ މަރާލާފައިވާ މީހުންގެ ތެރޭގައި އާންމުންގެ 52 މީހަކު ހިމެނޭއިރު 785 މީހުންނަކީ އައިއެސްއަށް ނިސްބަތްވާ މީހުންކަން ކަށަވަރު ވާކަމަށެވެ.

މަރުވެފައިވާ އާންމުންގެ ތެރޭގައި 8 ކުޑަކުދިންނާއި 5 އަންހެނުން ހިމެނޭ ކަމަށްވެސް އެ ގްރޫޕުން ބުނެއެވެ. އެ ގްރޫޕުން އިތުރަށް ބުނެފައިވަނީ އަލްގައިދާގެ ނުސްރާ ފްރޮންޓަށް ނިސްބަތްވާ 72 މީހަކުވެސް މަރާލާފައިވާކަމަށެވެ.

ސޫރިޔާގެ ދާހިލީ ހަނގުރާމައަށް މިހާތަނަށް 4 އަހަރު ވެފައިވާއިރު އެ ހަނގުރާމައިގާ 2 ލައްކަ އަށްވުރެ ގިނަ މީހުން މަރުވެފައިވާކަމަށް އދ އިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް