ފްލައިޓް އަނބުރާ އެއާޕޯޓަށް ޖެއްސީ ބޮމެއް އޮތް ކަމުގެ ތްރެޓް ޕައިލެޓަށް ލިބިގެން: އެމްއެންޑީއެފް

ރޭ، ވިލާއެއާގެ ފްލައިޓެއް އަނބުރާ އިބްރާޙިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް އަނބުރާ ޖެއްސީ ޕައިލެޓަށް ލިބުން ބޮމުގެ ތްރެޓަކާ ގުޅިގެން ކަމަށާއި އެ ފްލައިޓް ސާޗް ކުރަމުން އަންނަ ކަ...

23 Nov 2014 | 00:35

ރޭ، ވިލާއެއާގެ ފްލައިޓެއް އަނބުރާ އިބްރާޙިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަށް އަނބުރާ ޖެއްސީ ޕައިލެޓަށް ލިބުން ބޮމުގެ ތްރެޓަކާ ގުޅިގެން ކަމަށާއި އެ ފްލައިޓް ސާޗް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ރޭ 23:04 ގައި އެއާޕޯޓުން ފުރައިގެން ބ. ދަރަވަންދުއަށް ދަތުރުކުރި ފްލައިޓްގެ ކެޕްޓަނަށް ބޮމުގެ އިންޒާރެއް ލިބުމުން އަނބުރާ އައިއެންއައިއޭއަށް ޖައްސާފައިވަނީ ރޭ ދަންވަރު 23:49ގައެވެ. އެ ފްލައިޓް ރަންވޭގައި ޖެއްސުމަށްފަހު އެއާޕޯޓް ކުއްލިހާލަތަށް ގެންސް ބަންދުވެސް ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެއާޕޯޓް ހުޅުވާފައެވެ.

އެމްއެންޑިއެފުން ބުނީ ބޯޓުން ދަތުރުކުރި 11 ފަސިންޖަރުންނާއި 3 ކްރޫން ވަނީ ސަލާމަތްތެރިކަމާއެކު އެމް.އެން.ޑީ.އެފް ގެ ބެލުމުގެ ދަށުން ބާލާފައިކަމަށާއި އަދި މިހާރު ދަނީ ހަމަޖެހިފައިވާ އުސޫލުން އެއަރކްރާފްޓް ސާރޗް ކުރަމުން ކަމަށެވެ.

އަދި މިތްރެޓާއި ގުޅިގެން ކުރަންޖެހޭ ހުރިހާ ތަޙުޤީޤުތައް ކުރިއަށް ދާތީ، މިކަމާގުޅޭ ތަފުސީލުތައް ފަހުން ހާމަކުރަމުން ގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް