ފިލްމީ ތަރި ރިޝްމީ ކައިވެނިކޮށްފި

23 Oct 2026 | 16:56
ފިލްމީ ތަރި ރިޝްމީ ކައިވެނިކޮށްފި

މަޝްހޫރު ފިލްމީ ތަރި އައިޝަތު ރިޝްމީ ކައިވެނިކޮށްފި އެވެ.

ރިޝްމީ ކައިވެނި ކޮށްފައިވަނީ ކްރިއޭޓިވް މާކެޓިން، އިވެންޓް މެނޭޖްމަންޓް އަދި ޕްރޮޑަކްޝަންގެ ޚިދުމަތްތައް ފޯރުކޮށްދޭ މަޝްހޫރު އެޖެންސީ ޗޮޕާޓްގެ ޑިރެކްޓަރެއްކަމަށް މިހުސޯ އަބްދުއް ސައްތާރާއި އެވެ. މިއީ ރިޝްމީގެ ތިން ވަނަ ކައިވެންޏެވެ.

ދެމީހުން ކައިވެނި ކުރިކަން މިހުސޯ ވަނީ މިރޭ އިންސްޓަގްރާމް މެދުވެރިކޮށް ހާމަކޮށްފައި އެވެ. ކައިވެނި ކުރިކަން ހާމަކޮށް މިހުސޯ ބުނެފައިވަނީ ރިޝްމީ އޭނާގެ އަނބިމީހާއަށް ވެއްޖެ ކަމަށާއި އެކަމަށް ﷲ އަށް ހަމްދުކުރާކަމަށެވެ.

އެ ޕޯސްޓާއި އެކު ކައިވެނީގެ ފޮޓޯތައް ކަމަށް ބެލެވޭ ދެ ފޮޓޯއެއްވެސް ހިއްސާ ކޮށްފައިވެ އެވެ. ގިނަ ބަޔަކު ދަނީ އެ ޕޯސްޓަށް މަރުހަބާ ކިޔައި ކޮމެންޓު ކުރަމުންނެވެ.

ރިޝްމީ މީގެ ކުރިން ކައިވެނި ކޮށްފައިވަނީ ދެ ފިލްމީ ތަރިންނާއި އެވެ. އެއީ އަހުމަދު އަޒްމީލް އާއި ރަވީ ފާރޫގެވެ.

އަޒްމީލް އާއި ރިޝްމީއަށް ފިރިހެން ދަރިއަކު ހުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް