އަބަދު ކާހިތްވާ މީހުންނަށް އިވޭ "ފުޑް ނޮއިސް": މި އަޑު ހުއްޓުވޭނީ ގިނަ ދުވަހުން!

23 Oct 2026 | 14:37
ފުޑް ނޮއިސް ހުއްޓުވަން ގިނަ ދުވަހު މަސައްކަތް ކުރަން ޖެހޭ --

ފުޑް ނޮއިސް ހުއްޓުވަން ގިނަ ދުވަހު މަސައްކަތް ކުރަން ޖެހޭ --

ފުރިހަމަ ކެއުމެއް ކައިނިމިފައި ހުއްޓަސް، "ބިސްކޯދެއް ކާލާނަންތަ؟ ނޫނީ ފޮނި އެއްޗެއް އަދި ކާންވާނެ" ކަމަށް ސިކުނޑިން ސުވާލުކުރާ ތަޖުރިބާ ކުރަން ޖެހޭ މީހުން ވަރަށް ގިނަ އެވެ.

ގިނަ މީހުންނަށް މިއީ އަބަދު ދިމާވާ ކަމެއް ނޫނެވެ. އެކަމަކު ބަނޑު ފުއްޕުމުގެ ބަލި ޖެހިފައިވާ ބައެއް މީހުންނަށް މިއީ ކޮންމެ ދުވަހަކު ކުރިމަތިވާ ހަޤީޤަތެކެވެ. ތަޖުރިބާ ކާރުން ބުނާގޮތުގައި އެއީ ބަލި މީހުންނަށް ނުވަތަ ހިތްވަރެއް ނެތް މީހުންނަށް އެކަނި ވާކަމެއް ނޫނެނެވެ.

އިންޑިއާގެ އަހްމަދާބާދުގައި ހުންނަ އޭބީ ޕްލަސް ހޮސްޕިޓަލްގެ އެންޑޮކްރިނޮލޮޖިސްޓް އަދި ޑައިބެޓޮލޮޖިސްޓް ޑރ. އޮމް ލަކާނީ ވިދާޅުވި ގޮތުގައި، ހިތް ނޭދުނަސް ބޭނުން ނުވިޔަސް ހުއްޓާލަން ނޭނގޭ ކެއުމާ ބެހޭ މި މެދުނުކެނޑޭ ޚިޔާލުތަކަށް ކިޔަނީ "ފުޑް ނޮއިސް" ކަމަށެވެ. ހަޤީޤަތުގައި ބަނޑުހައިވުމުން ކެއުމާ މެދު ވިސްނުމަކީ ހަށިގަނޑުން ދޭ ޠަބީޢީ ސިގްނަލެކެވެ. ނަމަވެސް މުޅި ދުވަހު ކެއުމުގެ ޚިޔާލުތަކުން ސިކުނޑި ފުރިފައި ހުރުމަކީ ޢާދައިގެ ކަމެއް ނޫން ކަމަށް އޭނާ ބުނެއެވެ.

މި ޚިޔާލުތަކުގެ ސަބަބުން މަސައްކަތާއި، ވާހަކަދެއްކުމާއި، ނިދުމަށް ވެސް ހުރަސް އެޅިދާނެއެވެ.

ޒަމާނުންސުރެ ދެކެމުން އަންނަ ގޮތުގައި ބަރުދަން ބެލެހެއްޓުމަކީ މީހާގެ ސިއްހަތުގެ އަހުލާގު ބަހައްޓާ ގޮތުގެ އިމްތިހާނެކެވެ. ބައެެއް ދިރާސާތަކުން ދައްކާގޮތުގައި ބަނޑު ފުއްޕުމާއި ގުޅިފައިވާ ސިއްހީ މައްސަލައިގެ ސަބަބުން އެ އިމްތިހާނަށް ބުރޫ އަރައި އިންސާނާ ޑިޕްރެޝަންއަށް ގޮސް، އަމިއްލަ ހަށިގަނޑު ދެކެ ރުޅިއައުމާއި އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަވެ އެވެ.

މި ސަބަބުތަކާއި ހެދި ބަނޑު ފުއްޕުމުން ހަށިގަނޑަށް ބަދަލު އައުމަށްވުރެ ނަފްސާނީ ދުޅަހެޔޮކަމާ ވެސް ގުޅޭ ކަމަކަށްވެ އެވެ.

ޑރ. ލަކާނީ ވިދާޅުވި ގޮތުގައި ބަނޑު ފުއްޕުމަކީ ހިތްވަރު ކުރަމުންދާ މީހެއްގެ ނާކާމިޔާބީއެއް ކަމުގައި ނުދެކޭށެވެ. އެއީ ބަނޑުގެ ހޯމޯންތަކާއި، ސިކުނޑީގެ ކެމިސްޓްރީއާއި، ތިމާވެށްޓާއި، މެޓަބޮލިޒަމްގެ މަގުތަކުގެ އަސަރު ކުރާ، ދިގުމުއްދަތަށް ދެމިހުންނަ ބައްޔެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހަމައެކަނި ހިތްވަރުން ފުޑް ނޮއިސް ކޮންޓްރޯލްކުރަން އެދުމަކީ، ލޮލުގެ ފެނުން ދެރަ މީހަކަށް ބުނަނީ ގިނަ މަސައްކަތްކޮށްގެން ރަނގަޅަށް ފެންނާށޭ ބުނާ ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭސް ފަރުވާ އެއް ފަރާތްކޮށް ބަރުދަން ވަކިވަރެއްގައި ބެލެހެއްޓުމަކީ ދިގު ދަތުރެކެވެ. ހަށިގަނޑުގެ ބަރުދަނުން %5 އާއި %10 އާ ދެމެދު ކުޑަ މިންވަރެއް ދަށްކޮށްލުމުން ވެސް ލޭގެ ހަކުރާއި، ލޭގެ ފިތުރުމާއި، ހުޅުތަކުގެ ރިހުމަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނަ ކަމަށް ޑރ. ލަކާނީ ވިދާޅުވި އެވެ.

ފުޑް ނޮއިސް ނުވަތަ ބަރުދަން ބެލެހެއްޓުމަކީ ބަރުދަނެއް ކަމަށް ތިބާއަށް ހީވާނަމަ، ބަނޑު ފުއްޕުގެ ފަހަތުގައިވާ ސައިންސް ދަންނަ ޤާބިލު ސިއްޙީ ތަޖުރިބާކާރެއްގެ ލަފާ ހޯދުމަށް ޑރ. ލަކާނީ އިލްތިމާސްކުރެއެވެ. ތިބާއަށް ޚާއްޞަ، ރާވާފައިވާ ބަރުދަން ބެލެހެއްޓުމުގެ ޕްލޭނެއްގެ އެހީގައި ދުޅަހެޔޮ ދިރިއުޅުމަކަށް ފުރަތަމަ ފިޔަވަޅު އެޅޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް