ހިޔާ ފްލެޓެއްގެ ބަދިގޭގައި ރޯވެ ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނީ

23 Oct 2026 | 13:31
އަލިފާން ރޯވެ ބަދިގެ ހަލާކުވެފައި -- ފޮޓޯ: އެންޑީއެމްއޭ

އަލިފާން ރޯވެ ބަދިގެ ހަލާކުވެފައި -- ފޮޓޯ: އެންޑީއެމްއޭ

ހިޔާ ޓަވަރު 11 ގެ 23 ވަނަ ފަންގިގިލާގެ އެޕާޓްމެންޓެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހަވީރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ ބަދިގެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. ބެލެވޭ ގޮތުގައި އަލިފާން ރޯވެފައިވަނީ ކަން އުދާފައި ހުއްޓައެވެ.

އެންޑިއެމްއޭއިން ބުނީ މި ހާދިސާ އާއި ގުޅިގެން އެ އާއިލާއަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފަސް ދުވަހަށް ބޭނުންވާ ކެއެިން ބުއިމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް