ރާއްޖޭގެ ބޮޑު ސަރަހަދެއް ރީނދޫ ސަމާލުގައި، ބޯކޮށް ވާރޭވެހި 45 މޭލަށް ވައި ޖެހޭނެ

23 Oct 2026 | 10:02
މިހާރު ކުރަމުންދާ ވިއްސާރައިގަ މާލޭގައި ފެންބޮޑުވެފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މިހާރު ކުރަމުންދާ ވިއްސާރައިގަ މާލޭގައި ފެންބޮޑުވެފައި -- ދުވަސް ފޮޓޯ: އަޒްމީ އަލީ

ނ. އަތޮޅުން ފެށިގެން މ. އަތޮޅާއި ދެމެދުގެ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މެންދުރު ފަހު 3:00 ން މިރޭ 7:00 އަށެވެ. މި ސަރައްދުތައް ހިމެނޭގޮތަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް މިރޭ 6:00 ހާއި ހަމައަށް ހުދު ސަމާލުވެސް ނެރެފައިވެ އެވެ.

މެޓުން ލަފާ ކުރާ ގޮތުގައި މި ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

އެ އިދާރާއިން ލަފާ ކުރާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގަ ރާއްޖޭގެ އެކި ސަރަހައްްދުތަކަށް ދަނީ ބޮޑެތި ގެއްލުންތައް ވަމުންނެވެ. އެގޮތުން އާންމުންގެ ގެތަކަށް ފެންވަދެ ހިފާ ގެންގުޅޭ ތަކެއްޗަށް ދަނީ ބޮޑެތި ގެއްލުންވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް