ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާނެ ގޮތް އިރާނުން ދަނީ ހަދަމުން: ޓްރަމްޕް

23 Oct 2026 | 09:05
ޑޮނަލްޑް ޓްރަމްޕް --

ޑޮނަލްޑް ޓްރަމްޕް --

އެމެރިކާގެ މެދުތެރޭގެ އިންތިޚާބުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދާނެ ގޮތް އީރާނުން ހަދަމުންދާ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މި ތުހުމަތު ކުރީ އޭނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓްރޫތު ސޯޝަލްގައި ލިޔުނު ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ޓްރަމްޕް ބުނެފައިވަނީ ހޯރްމުޒް ކަނޑުއޮޅިން މިހާރު ތެޔޮ ދަތުރުކުރަމުންދަނީ ހަނގުރާމަ ފެށުމުގެ ކުރިންވުރެވެސް ގިނައިން ކަމަށެވެ.

އެހެންވެ އެކަން ހުއްޓުވައި ނުވަތަ މަދުކުރުމަށް އީރާނުން ހަމަލާތަކާއި މައިންތަކުގެ ދޮގު ވާހަކަ ދައްކަމުންދާ ކަމަށް ޓްރަމްޕް ބުނެފައިވެއެވެ.

ހަމަ އެ ޕޯސްޓުގައި، އީރާނުގެ ސަރުކާރާ ދެކޮޅުހަދާ މުޒާހަރާކުރާ މީހުންނާއި އެހެން މީހުން އެ ޤައުމުގެ ވެރިން މަރަމުން ގެންދާ ކަމުގެ ތުހުމަތު ޓްރަމްޕް ކޮށްފައިވެއެވެ. އޭނާ ބުނީ ސަރުކާރާއި ދެކޮޅަށް މުޒާހަރާ ކުރި 75،000 މީހުން ހަތް މަސް ތެރޭގައި މަރާލާފައިވާ ކަމަށެވެ.

ޓްރަމްޕް މި ތުހުމަތުތައް ކުރީ އެމެރިކާގެ މެދުތެރޭގެ އިންތިޚާބަށް ތައްޔާރުވަމުންދާ ދުވަސްވަރުގައި ހޯރްމުޒް ކަނޑުއޮޅީގެ ތެލުގެ ދަތުރުތަކާ ގުޅިގެން އީރާނާ ދެމެދު ކުރިމަތިވެފައިވާ ހާލަތުގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް