ޕާކިސްތާނާއި އެކު ދިފާއީ ގުޅުން ވަރުގަދަ ކުރުމުން އިންޑިއާ ކަންބޮޑުވާނެ، ރާއްޖެއަށް ނުރައްކާބޮޑު: ނަޝީދު

23 Oct 2026 | 08:29
ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ދުވަސް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ދުވަސް ފޮޓޯ

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވި އެއްބަސްވި ބައެއް ކަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސްގެ ދެ ކަނބަލުން ޕާކިސްތާނަށް މިމަހުގެ 20 ވަނަ ދުވަހު ފެއްޓެވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވީ ރޭޭގެ ވަގުތެއްގައި އެވެ. މި ދަތުރުފުޅުގައި 20 އެމްއޯޔޫއެއްގައި ސޮއި ދެގައުމުގެ ދެމެދުގައި ސޮއި ކުރި އިރު ދިފާއީ ގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ހިމެނެ އެވެ.

ރައީސްގެ ދަތުރުފުޅާއި ގުޅިގެން މިއަދު ނަޝީދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ދަނީ ގެއްލުންވަމުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވާދަވެރި ގައުމު ތަކުގެ ދެބަސްވުމުގެ ތެރެއަށް ރާއްޖެއިން ވަދެގެން ނުވާނެ ކަމަށެވެ.

އެ ދެ ބަސްވުމުގެ ގޮތުގައި ނަޝީދު ފާހަގަ ކުރައްވާފައިވަނީ ދިފާއީ އެއްބަސްވުމުގެ ވާހަކަފުޅެވެ.

ނަޝީދު ވިދާޅުވީ ޕާކިސްތާނާއި އެކު ދިފާއީ ގުޅުންތައް ފުޅާ ކުރުމަކީ އިންޑިއާއިން ކަންބޮޑުވާނެ ކަމެއް ކަމަށެވެ. އެއީ ރާއްޖެއަށް ނުރައްކާ ވާނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް