ސިނގިރެޓް ހެއިސްޓް: ކައްޕިތާނުގެ މަގްޝޮޓް ހާމަކޮށްފި

އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ހުރި ދެ ކޮންޓޭނަރު ސިނގިރޭޓު ވަގަށްނެގި މައްސަލައިގާ ހައްޔަރުކޮށްފައިވާ އާދަމް ވަހީދުގެ މަގްޝޮޓް ފުލުހުން ހާމަކޮށްފިއެވެ. މިއީ މި މައްސަލައިގާ ހައްޔަރުކުރި ހަވަނަ މީހާ އ...

23 Oct 2025 | 15:47
ނ. މިލަދޫ، ކެނެރީގޭ، އުމުރުން 54 އަހަރުގެ އާދަމް ވަހީދު

ނ. މިލަދޫ، ކެނެރީގޭ، އުމުރުން 54 އަހަރުގެ އާދަމް ވަހީދު

އެމްޕީއެލްގެ ހުޅުމާލެ ޕޯޓުގައި ހުރި ދެ ކޮންޓޭނަރު

ސިނގިރޭޓު ވަގަށްނެގި މައްސަލައިގާ ހައްޔަރުކޮށްފައިވާ އާދަމް ވަހީދުގެ މަގްޝޮޓް

ފުލުހުން ހާމަކޮށްފިއެވެ.

މިއީ މި މައްސަލައިގާ ހައްޔަރުކުރި ހަވަނަ މީހާ

އެވެ.

ފުލުހުން ބުނެފައިވާގޮތުގައި ނ. މިލަދޫ، ކެނެރީގޭ،

އުމުރުން 54 އަހަރުގެ އާދަމް ވަހީދު ހައްޔަރކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

އާދަމް ވަހީދުގެ ބަންދަށް ކޯޓުން ހަތް ދުވަހުގެ

މުއްދަތެއް ޖަހާފައިވާއިރު ތުހުމަތު ކުރެވޭވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާކަމަށް

ކޯޓުން ފާހަގަކޮށްފައިވެއެވެ.

"އެގޮތުން ކަސްޓަމް ސަރވިސްގެ ސިޓީއާއި،

އިންޓެލިޖެންސް ރިޕޯޓުގައިވާ ކަންކަމަށް ބާރުލިބިދެވޭ ގޮތަށް ހުށަހެޅިފައިވާ ހެއްކެއްގެ

ބަޔާނާއި، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި އިތުރު ލިޔެކިޔުންތައް ހުށަހަޅާފައިވޭ"

ބަންދު އަމުރުގައި ބުނެފައިވެއެވެ.

ބަންދު އަމުރުގައި އިތުރަށް ބުނެފައިވަނީ އޭނާއަކީ ކޮންޓޭނަރު

ގެންދިޔަ ދޯނީގެ ކެޕްޓަނު ކަމަށް އައިއޯ ފާހަގަކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް