އެމްޕީއެލް މައި ބަނދަރުގައި އުފުލަމުންދިޔަ ދެ ކޮންޓޭނަރު - ފައިލް ފޮޓޯ: އެމްޕީއެލް
އެމްޕީއެލްގެ ހުޅުމާލޭ ޕޯޓުގައި ހުއްޓާ ވަގަށް ނެގި
ދެ ކޮންޓޭނަރު ސިނގިރޭޓު އަރުވައިގެން ގެންދިޔަ ދޯނީގެ ކައްޕިތާނު
ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ނ. މިލަދޫ، ކެނެރީގޭ އުމުރުން
54 އަހަރުގެ އާދަމް ވަހީދެވެ.
ހައްޔަރުކޮށް އާދަމް ވަހީދުގެ ބަންދަށް ހަތް
ދުވަހުގެ މުއްދަތެއް ޖަހާފައިވާއިރު ތުހުމަތު ކުރެވޭވަރަށް ހެކި ގަރީނާ
ހުށަހަޅާފައިވާކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.
"އެގޮތުން ކަސްޓަމް ސަރވިސްގެ ސިޓީއާއި،
އިންޓެލިޖެންސް ރިޕޯޓުގައިވާ ކަންކަމަށް ބާރުލިބިދެވޭ ގޮތަށް ހުށަހެޅިފައިވާ
ހެއްކެއްގެ ބަޔާނާއި، ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި އިތުރު ލިޔެކިޔުންތައް
ހުށަހަޅާފައިވޭ" ބަންދު އަމުރުގައި ބުނެފައިވެއެވެ.
ބަންދު އަމުރުގައި އިތުރަށް ބުނެފައިވަނީ އޭނާއަކީ
ކޮންޓޭނަރު ގެންދިޔަ ދޯނީގެ ކެޕްޓަނު ކަމަށް އައިއޯ ފާހަގަކޮށްފައިވާކަމަށެވެ.
މިއީ މި މައްސަލައިގާ ހައްޔަރުކުރި ހަ ވަނަ
މީހާއެވެ. އާދަމް ވަހީދުގެ މަގްޝޮޓް އަދި ފުލުހުން ހާމަނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް