ރައީސުލްޖުމްހޫރިއްޔާ، ދ. މީދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވުން - ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވާ ފުޓްބޯޅަ މެޗެއް މާދަމާ
ކުޅޭނެކަން އެފްއޭއެމްއިން ހާމަކޮށްފިއެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
(އެފްއޭއެމް) އިން މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރަސްމީ ދަތުރުފުޅެއްގައި
ފީފާގެ ރައީސް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި ފީފާގެ ރައީސްގެ މި
ދަތުރުފުޅުގައި ރާއްޖޭގައި ފުޓްބޯޅައިގެ ދާއިރާ ކުރިއެރުވުމަށް ފީފާގެ ރައީސް އާއި
ރާއްޖޭގެ ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.
ފީފާގެ ރައީސްގެ ދަތުރުފުޅާއި ގުޅުވައި ކުރިއަށްދާ
އޮފިޝަލް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ އެގްސިބިޝަންގައި ފުޓްބޯޅަ މެޗެއް ގަލޮޅު
ދަނޑުގައި ކުރިއަށްދާނެ ކަމަށާއި އެ މެޗުގައި ރައީސް މުޢިއްޒު އާއި ރައީސް
އިންފަންޓީނޯ ބައިވެރިވެލައްވާނެ ކަމަށެވެ.
އެގްސިބިޝަން ކުރިއަށްދާނީ މާދަމާ ހަވީރު 04:00
އިން ހަވީރު 06:00 އަށް ކަމުގައި ބުނެފައިވެއެވެ. އަދި އެ އެގްޒިބިޝަންގައި ފުޓްބޯޅަ
އެކެޑަމީ ތަކާއި ޒުވާން ޓީމުތަކާއި ދިވެހި ޒުވާން ކުޅުންތެރިންގެ ކުޅުން ފެނިގެންދާނެ
ކަމަށްވެސް ބުނެފައިވެއެވެ.
ފީފާގެ ރައީސް ރާއްޖެ ކުރައްވާ މި ތާރީހީ ދަތުރާ
ގުޅުވައި ކުރިއަށްގެންދާ މި އެގްސިބިޝަނަށް ދިވެހި ރައްޔިތުންނަށް އެފްއޭއެމްއިން
ދައުވަތު އަރުވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް