"އަލީ ރަމީޒް ސްޕެޝަލް" ގެނެސްދިންތާ ދެ ދުވަސް، ޕީއެސްއެމްގެ އިކުއިޕްމަންޓްތަކަށް ބޮޑެތި ގެއްލުންތަކެއް!

ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒް، އޭނާގެ ލަވަތައް ނުޖެހުމަށާއި ބްރޯޑްކާސްޓް ނުކުރުމަށާއި ޝެއަރ ނުކުރުމަށް އާންމުންގެ ކިބައިން އާދޭހާއެކު އެދުނުތާ އެއް ދުވަސް ފަހުން ފެނިގެން ދިޔައީ ދައުލަތުގެ ޓީވީ،...

23 Oct 2020 | 17:55

ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒް، އޭނާގެ ލަވަތައް ނުޖެހުމަށާއި ބްރޯޑްކާސްޓް ނުކުރުމަށާއި ޝެއަރ ނުކުރުމަށް އާންމުންގެ ކިބައިން އާދޭހާއެކު އެދުނުތާ އެއް ދުވަސް ފަހުން ފެނިގެން ދިޔައީ ދައުލަތުގެ ޓީވީ، ޕީއެސްއެމްއިން "އަލީ ރަމީޒް ސްޕެޝަލް" ނަމުގައި މެންދުރު ފަސް ސްޕެޝަލް ކޮށްލިތަނެވެ.

އެ ދުވަހު ޕީއެސްއެމްއިން އެހެން ހެދުމުން ގިނަބަޔަކު ޕީއެސްއެމްއަށް ފާޑު ކިޔާފައިވެއެވެ. އެއީ އަލީ ރަމީޒަށް ޖެއްސުން ކުރުން ކަމުގައި ބުނެފައިވެއެވެ.

މިއަދަކީ ޕީއެސްއެމްއިން "އަލީ ރަމީޒް ސްޕެޝަލް" ގެނެސްދިންތާ ދެވަނަ ދުވަހެވެ. ޕީއެސްއެމްއިން ހާމަކޮށްފައިވާގޮތުގައި މާލެއިން މިއަދު ކަރަންޓު ދިއުމުގެ ސަބަބުން ޕީއެސްއެމްގެ ގިނަ އިކުއިޕްމަންޓްސް ތަކަކަށް ގެއްލުން ލިބިފައެވެ. އަދި ވަކިން ހާއްސަކޮށް ބެކަޕް އިކުއިޕްމަންޓްސް އަށް ގެއްލުންވިކަން ޕީއެސްއެމްއިން ފާހަގަކޮށްފައިވެއެވެ.

މިއާއެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި މި ވާހަކަ ދައްކަމުންނެވެ. އެއް ބަޔަކު ބުނަނީ މިއީ ޕީއެސްއެމް އިބުރަތެއް ހާސިލުކުރަންޖެހޭވަރު ކަމެއް ކަމަށެވެ.

އަލީ ރަމީޒް އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ކުރިން ބުނެފައިވަނީ އަލީ ރަމީޒްގެ ލަވަ އަޑުއަހާ ދައްކާ ހެދުމަކީ އޭނާއަށް ކުރެވޭ ވަރަށް ބޮޑު އުނދަގުލެއް ކަމަށެވެ. ދެވޭ އަނިޔާއެއް ކަމަށެވެ.

“މިފަދަ އެއްވެސް ކަމެއް ނުކުރުމަށް އެންމެހާ ބޭފުޅުންގެ އަރިހުން ވަރަށް އާދޭހާއެކު ދަންނަވަން” އަލީ ރަމީޒު ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް